ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު ތައާރަފްކުރި ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމްގައި ހަރުކޮށްފައި ހުންނަ ކެމެރާއަކީ ފުލުހުންގެ މަސައްކަތަށް ބޮޑު ބަދަލެއް ގެންނާނެ ވަސީލަތެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި ފުލުހުންގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރ މަރިޔަމް ޝައުނާއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ބޮޑީ ވޯން ކެމެރާއާއެކު ފުލުހުންގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި ބޮޑީ ވޯން ކެމެރާއަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ފުލުހުންގެ ހިދުމަތްތަކުގައި ބޭނުންކުރަމުން އަންނަ ވަސީލަތެއް ކަމަށާއި، މިއީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް އަދި ތަހުގީގްތަކަށް ބޭނުންވާ ހެކި ލިބިގަތުމަށް އައު ވަސީލަތެއްކަމަށެމް ސީޕީ ހަމީދު ވިދާޅުވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާތާ އަހަރުތަކެއް ވަނީ ވެފައި. ފުލުހުން މި ގާބިލްކަން ހޯދަން މަސައްކަތްކުރާތާ މިހާރު ދެތިން އަހަރު ވެއްޖެ. 2020 ވަނަ އަހަރުގެ ބަޖެޓުން މިކަން ކުރަން ރާވާފައި އޮތްނަމަވެސް ކޯވިޑްއާ ގުޅިގެން ހަރަދުތައް ކުޑަކުރަން ޖެހުން މިމަސައްކަތް ފެށުން ތަންކޮޅެއް ލަސްވީ." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ދިޔައީ ޕައިލެޓް ޕްރޮގްރާމެއް ހިންގަމުންކަމަށާއި އަދި 2021 ވަނަ އަހަރުގެ ބަޖެޓްގެ ތެރޭގައި ހިމަނައިގެން ބޮޑީ ވޯން ކެމެރާ ޕްރޮގްރާމްގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ލިބުނު ތަޖުރިބާގެ އަލީގައި މިއަދު އެމަސައްކަތް ފަށަނީ އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލެވި، މުވައްޒަފުން ތަމްރީން ކުރެވިގެންކަން ސީޕީ ފާހަގަކުރެއްވިއެވެ.
"މިއީ 3 އަހަރު ކުރިން އެކުލަވާލި ފުލުހުންގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ހިމެނޭ މައިގަނޑު 6 ދާއިރާގެ ތެރެއިން ހިމެނޭ މަސައްކަތެއް.
މީގެ ސަބަބުން ފުލުހުން ޖަވާބުދާރީކުރުމުގެ މަސައްކަތަކާއި ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށް އަދި މިފަދަ ޒަމާނީ ވަސީލަތްތަކާއެކު ފުލުހުން ހަރަކާތްތެރިވާން ފެށުން." ސީޕީ ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ މުސްތަގްބަލް ބޮޑީވޯން ކެމެރާ ވެގެންދާނީ ފުލުހުން ޖަވާބުދާރީކުރުމުގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތަކަށްކަމަށެވެ. އެގޮތުން ބޮޑީވޯން ކެމެރާގެ ހަމައެކަނި ބޭނުމަކީ ފުލުހުން ގޯސްކަމެއްކުރޭތޯ ބެލުމެއް ނޫންކަމަށާއި މިއީ ފުލުހުންގެ މަސައްކަތުގައި އެހީތެރިވެދޭނެ އަދި ފުލުހުންގެ ރައްކާތެރިކަމަށްވެސް މުހިއްމު ދައުރެއް އަދާކޮށްދޭނެ ވަސީލަތެއްކަމަށް ހާމިދު ވިދާޅުވިއެވެ.
"ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމްތަކަށް ޖަވާބުދާރިވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީތެރިވާނެ ވަސީލަތެއް." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މިއަދު ބޮޑީވޯން ކެމެރާ ޕްރޮގްރާމް 200 ކެމެރާއިން ފެށިނަމަވެސް، އިތުރު 1200 ކެމެރާ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށެވެ. އަދި މިވަގުތު މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި އެކަނި ބޭނުންކުރަން ފެށިނަމަވެސް، ކުރިއަށް އޮތްތަނުގައި ފުލުހުންގެ ހުރިހާ ރީޖަންތަކަކަށް ހިދުމަތް ފުޅާކުރެވޭނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު