ފުލުހުންގެ ހިދުމަތަށް ތައާރަފްކުރި ބޮޑީ ކެމެރާއާއެކު ފުލުހުންނާއި ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މީހުން ކުރާ ތުހުމަތުތަކުގެ ހަގީގަތް ހާމަވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ބޮޑީ ކެމެރާގެ ޕްރޮގްރާމަކީ ސަރުކާރުން ފުލުހުންގެ ހިދުމަތް ޒަމާނީކޮށް، ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންދާ މުވައްސަސާއަކަށް ފުލުހުން ހެދުމަށް ކުރާ މަސައްކަތްކަތްތަކުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެއްކަމަށެވެ.

އިމްރާން ވިދާޅުވީ މިޕްރޮގްރާމަށް ސަރުކާރުގެ ފަރާތުން ދެއްވި އިސްކަމާއެކު ފުލުހުންގެ އެންމެ އިސްބޭފުޅުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވިކަަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ބޮޑީކެމްއާއިއެކު ފުލުހުންގެ މައްޗަށް ބައެއް ހާލަތްތަކުގައި ކުރާ ތުހުމަތުތަކުގެ އަސްލު ހަމާވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނާއި ފުލުހުންނަށްވެސް ރައްކާތެރިކަން ކަށަވަރުވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރ މަރްޔަމް ޝައުނާއެވެ.

ބޮޑީ ވޯން ކެމެރާއަކީ، ޑިއުޓީގައި ތިބޭ ފުލުުހުންގެ ޔުނީފޯމްގައި ހަރުކޮށް ވީޑިއޯއާއި އަޑު ރިކޯޑްކުރެވޭ ކެމެރާއެކެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިމިވަނީ މުޅިން އަލަށެވެ. މިޚިދުމަތް ފެށުމާއެކު 200 ކެމެރާ ވަނީ ބޭނުންކުރަން ފަށާފައެވެ. މިއީ އެކްޒޮން ބްރޭންޑްގެ ކެމެރާތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު


6

ބުލްބުލް

16-Feb-2022

ނުވާނެ. ޢެއީ އެހަރުކޮއްގެން ހުންނަ މީހާ އެ އޮފް ކޮއްލީމަ އެ ނިމުނީ . ރެކޯޑިންގ މެދުކެނޑުނީ ދެން ރީލޯޑް ކުރުމަށްފަހު އޮން ވާނީ. ހެއްކެއްނެތް. ޢަދިވެސް ތިބަލަނީ މުއްޖޭކިޔައިގެން ރައްޔިތުން ގުނބޯ ހެއްދޭތޯ