މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ފުވައްމުލަކުގެ މަގުތަށް ހެދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ފުވައްމުލަކު މަގުތަށް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ލަސްވަމުންދާތީ އެކަމާއި މެދު އާންމު ރައްޔިތަކު ޝޯޝަލް މީޑިޔާގައި ކުރި ޝަކުވާއަކަށް ޖަވާބު ދެެއްވަމުންނެވެ. ޝޯޝަލް މީޑިޔާގައި އެމީހާ ކުރި ޕޯސްޓެއްގައި ބުނީ ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތު ހަމަވެ އިތުރު އަށްމަސް ދުވަސް ވެއްޖެ ކަމަށާއި އެމަސައްކަތުގެ ތެރެއިން ނިންމާލެވުނީ 60 އިންސައްތަ މަސައްކަތް ކަމަށެވެ.
އެކަމަށް ޖަވާބު ދެއްވަމުން އާޒިމް ވަނީ އެމަސައްކަތް ލަސްވާން ދިމާވި ސަބަބުތައް ހާމަކުރައްވާފައެވެ. އާޒިމް ވިދާޅުވީ ކޮވިޑުގެ ޕެންޑަމިކާއި ގުޅިގެން ބޭރުން ތަކެތި ލިބުމާއި ދަތުރުފަތުރު ކުރުމަށް ހުރަސް އެޅިގެންދިޔަ ކަަމަށާއި ޚާއްސަކޮށް ލޮކުޑައުން ދުވަސްވަރު ވަރަށް ދަތިވި ކަަމަށެވެ. އެހެން ނަމަވެސް މިހާރު މަސައްކަތް ކުރާ ސްޕީޑަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ފުވައްމުލަކަށް ރީތި މަގުތަކެއް ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"ނޮވެމްބަރު 2022 ކުރިން އިރާދަކުރެއްވިޔާ ފުވައްމުލަކުގެ މަގުތަށް ނިއްމާ ހަވާލުކުރާނަން." އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި ބިންހިއްކުމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު