ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރުގެ އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް އަލަށް ގެނައި 15 އެމްބިއުލާންސް އެކި ރަށްރަށަށް ފޮނުވައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އަލަށް ގެނައި 15 އެމްބިއުލާންސް ފޮނުވާފައިވަނީ، ހއ. ތުރާކުނާއި އެ އަތޮޅު ވަށަފަރު އަދި ބާރަށުގެ އިތުރުން ޅ. ކުރެންދޫ، ކ. ކާށިދޫ، އއ. ފެރިދޫ، މ. މުލައް، ދ. މީދޫ، ދ. މާއެނބޫދޫ، ލ. މާބައިދޫ، ލ ގަން އަދި ގއ. މާމެންދޫގެ އިތުރުން ގދ. ވާދުއަށް ކަމަށެވެ.
އޭގެ އިތުރުންވެސް ހުޅުމާލޭ ހޮސްޕިޓަލަށާއި ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމްބިއުލާންސް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން 20 އެމްބިއުލާންސްގެ ދެ ބެޗު ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައެވެ.
އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، އެސްޓީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސްތައް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލު ކުރަން އެސްޓީއޯއިން ވަނީ އެއްބަސްވެފައެވެ.

3rd Batch of Ambulances will be dispatched to:
— Ministry of Health (@MoHmv) February 13, 2022
- Ha.Thuraakunu
- Ha.Vashafaru
- Ha. Baarah
- Hulhumale Hospital
- Hdh.Kulhudhufushi
- Lh.Kurendhoo
- K.Kaashidhoo
- Aa.Feridhoo
- M.Mulah
- Dh.Meedhoo
- Dh.Maaemboodhoo
- L. Maabaidhoo
- L.Gan
- Ga.Maamendhoo
- Gdh. Vaadhoo pic.twitter.com/wH3mNbVFkN
ހުރިހާ ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައި ދެ ފަހަރެއްގެ މަތިން 20 އެމްބިއުލާންސްގެ ދެ ބެޗު ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައެވެ.
އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން ވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، އެސްޓީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސްތައް 180 ދުވަސްތެރޭގައި މިނިސްޓްރީއާ ހަވާލު ކުރަން އެސްޓީއޯއިން ވަނީ އެއްބަސްވެފައެވެ.
ކިޔުންތެރިންގެ ހިޔާލު