ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ ފްލޯޓިން ސިޓީ ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމަަށް މަރުހަބާ ވިދާޅުވެއްޖެއެެވެ.
ފްލޯޓިން ސިޓީ ގާއިމްކުރުމުގެ އެ މަޝްރޫއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫއެެކެެވެ. އެހެން ނަމަވެސް އެމަޝްރޫއު މަޑުޖެހިފައި އޮތުމަށްފަހު އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް މިމަހުގެ ނުވަވަނަ ދުވަހު މިކަމާ ގުޅޭ އެއްބަސްވުމުގައި ޑަޗް ޑޮކްލޭންޑް ކުންފުންޏާއި ބައިސަން މޯލްޑިވްސްއާ ދެމެދު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ބައިސަނުން ބުނީ މި މަޝްރޫއުގެ ފުރަތަމަ ގެތައް ނިމޭނީ މިއަހަރުގެ ރޯދައިގެ ފަހުން ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެ ކުންފުންޏަށް މަރުހަބާ ވިދާޅުވެފައެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ ސަރަހައްދުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށާއި މިއީ ތިމާވެއްޓާ ރައްްޓެހި ގޮތަކަށް ހިންގާ ވަރަށް އުފެއްދުންތެރި ޕްރޮޖެކްޓަކަށް ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާގޮތަށް ވަނީ ނިންމާފައެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތުދެއެެވެ.
އޭގެ އިތުރުން ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައްވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Congratulations to @DutchDocklands and Bison Maldives for breaking ground on Maldives Floating City! This development will provide more housing to Greater Male’ area and is also an innovative climate adaptation project. 👏 @mfloatingcity @abdulmajeed5015 pic.twitter.com/tEEZostZpL
— Mohamed Nasheed (@MohamedNasheed) February 13, 2022
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއްގައި ހިންގާ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާގޮތަށް ވަނީ ނިންމާފައެވެ. މިޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެއް ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މަޢުލޫމާތުދެއެެވެ.
އޭގެ އިތުރުން ފްލޯޓިން ސިޓީއާ ގުޅުވައިގެން ޔޮޓް މެރީނާ އާއި ރިސޯޓާއި ޕިކްނިކް އައިލެންޑްތައްވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު