ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރާ ކަމަކީ ރައްޔިތުން ބަނދެފައި ޤާނޫނު އަސާސީ ހިލާލުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މާލެ ފުރަބަންދުގައި ވަނިކޮށް އެޗްޕީއޭއިން ހުއްދަ ލިބިގެން ޤާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ޖަލްސާއެއް މަޖިލީސް ކުރާ ގޭގައި ބޭއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމަވާފައެވެ. އެކަމާގުޅިގެން ގިނަބައެއްގެ ފާޑުކިއުން އެޗްޕީއޭ އާއި، ރައްޔިތުންގެ މަޖިލީހަށް ވަނީ އަމާޒުވެފައެވެ.

މިއަދު ބާއްވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭއިން ދެއްވި ހުއްދަ އަށް އިޝާރާތް ކުރަށްވާ މޫސަ ވިދާޅުވީ، ޤާނޫނު އަސާސީގައި ބުނާގޮތުން ދަޢުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ.

"ޤާނޫނު އަސާސީ އިސްލާހު ކުރާ ޖަލްސާ ބާއްވާއިރު މިނިވަންކަމާއެކު އަޑު އުފުލަން ރައްޔިތުންނަށްވެސް ފުރަބަންދުން ވީއްލުމުގެ ޚާއްސަ ހުއްދަ ދޭންޖެހޭ." ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން ބަނދެފައި އަސާސީ ހިލާލުމަކީ ޑިމޮކްރަސީގެ ފުރަބަންދު ކަމުގައި މޫސަ ސިފަކުރެއްވިއެވެ.

ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫންމަހުގެ 2 ވަނަ ދުވަހަށް ހަމަވާއިރު، ރާއްޖޭގައި މިހާރު އިޢުލާނުކޮށްފައިވާ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އެކަމާގުޅިގެން މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން އިންތިޚާބު ބޭއްވުމަށް މުއްދަތު ވަނީ އިތުރުކޮށްދީފައެވެ. ނަމަވެސް ކައުންސިލްތައް ހިންގުމަށް މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އިތުރުކުރެވޭނީ ޤާނޫނު އަސާސީ އިސްލާހް ކޮށްގެންކަމަށް ގިނަ ޤާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދަވާތީ، އެ މަސައްކަތް އެމަގަށް ކުރެއްވުމަށް މަޖިލީހުން މިވަނީ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން