ސިވިލް ކޯޓުގައި މައްސަލައެއް ތާވަލު ނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް ބުނެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތައް ސިވިލް ކޯޓުން ދޮގުކޮފިއެވެ.
ސިވިލް ކޯޓުގައި މައްސަލައެއް ތާވަލު ނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް ސަލީމް ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް ޖޭއެސްސީގެ ޤާނޫނަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ.
މި އިސްލާހަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ ކޯޓުތަކުގައި މައްސަލަތައް ލަސްވުމާއި އަވަސްވުން އޮންނަނީ ފަނޑިޔާރުންގެ އަތްމަތީގައިކަމަށާއި، އެއީ ޖޭއެސްސީއާ ގުޅުން އޮންނަކަމެއް ނޫންކަމަށެވެ. ސަލީމް ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓުގައި މައްސަލައެއް ތާވަލު ނުކުރާތާ އެއް އަހަރު ވެގެން ހިނގައްޖެކަމަށެވެ.
"މި މައުލޫމާތަކީ ތެދު މައުލޫމާތެއް ކަމަށްވާނަމަ މީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް." ސަލީމް ވިދާޅުވިއެވެ.
ސިވިލް ކޯޓުގައި މައްސަލައެއް ތާވާލުނުކުރާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް ސަލީމް ވިދާޅުވިނަމަވެސް ސިވިލް ކޯޓުން ވަނީ އެކަން ދޮގުކޮށްފައެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސިވިލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ސިވިލް ކޯޓުން ކޮންމެ ދުވަހަކުވެސް މައްސަލަތައް ތާވަލު ކޮށްގެން ޝަރީއަތްތައް ހިންގަމުން އަންނަ ކަމަށެވެ. އަދި ކޯޓު ވެބްސައިޓް ބެލުމުން އެދުވަހަކަށް ތާވަލު ކުރެވިފައިވާ މައްސަލަތައް މިހާރުވެސް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓުގެ ޝަރީއަތްތައް އެއްވެސް އިރެއްގައި މެދުކެނޑިފައިނުވާކަމަށެވެ.
ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ނިންމުމަށް އަހަރު ތަކެއް ނަގާތީ އާ މައްސަލައެއް ތާވަލުކޮށް ޝަރީއަތް ފަށަން ގިނަ ދުވަސްތަކެއް ނަގާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން ވެސް ކުރެއެވެ. ސަލީމު އެ ފާހަގަ ކުރެއްވީ އާމައްސަލައެއް ކޯޓުގައި ތާވަލް ނުކުރާތާ އަހަރެއް ވެފައިވާ ކަމުގެ ވާހަކަ ކަމަށް ވެސް ވެދާނެއެވެ.
ކޯޓުތަކަށް ފާޑުކިޔުމަކީ އެމްޑީޕީގެ ބައެއް މެމްބަރުންގެ އާއްމުކަމެއްނަމަވެސް، މިހާރު ޖުޑީޝަރީ އިސްލާހުކުރުމުގެ ބާރުވެސް އޮތީ އެމްޑީޕީގެ އަތުގައިކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންކަމުން ކޯޓުތަކަށް ފާޑުކިޔުމުގެ ބަދަލުގައި ކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު