އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ މައްސަލަ އިންޑިއާގެ ޕާލިމެންޓަށް ހުށައަޅައިފިނަމަ ރާއްޖެއާއިމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ މައްސަަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މިހާރު ވަނީ ބަލަން ފަށާފައެވެ. އެމައްސަލައިގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން އެ ކޮމިޓީއަށް ހާޒިރުކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވީ އިންޑިޔާގެ ސިޔާސީ ބޭފުޅުން އެ ހަރަކާތުގެ މައްސަލަ ޕާލިމެންޓަށް ހުށައަޅައިފާނެ ކަމަށާއި، އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލަ ޕާލިމެންޓްގެ ސަމާލު ކަމަށް އައިސްފިނަމަ ރާއްޖެ އާއި މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ އަކީ މި ސަރަހައްދުގައި ވެސް އެންމެ ބޮޑު ގައުމަށްވާތީ އިންޑިއާއަށް އިންތިހާއަށް ކަންކަމުގައި ބަރޯސާ ވާންޖެހިފައިވާއިރު ރާއްޖެ އަަކީ އިމްޕޯޓް މުދަލަށް ބަރޯސާވާ ގައުމަކަށް ވެފައި ކުދިކުދި ކަންކަމުން ވެސް ރާއްޖެއަށް އަސަރުކުރާނެ ކަމަށް ޣަފޫރު ވިދާޅުވިއެެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިއަށްގެންދާ ހަރަކާތެކެވެ. ނަމަވެސް މިއީ ރާއްޖެއާއި އެހެން ޤައުމުތަކާއި ދެމެދު އޮތް ގުޅުމަށް އަސަރުކޮށް، ދިވެހިންނަށް އެކަމުގެ ސަަބަބުން ނުރައްކާ އޮތް ކަމެއްކަމަށް ބުނެ ސަރުކާރުން ވަނީ މި ހަރަކާތް މަގުމަތީގައި ނުހިންގޭނެކަން އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ޕޮއް

16-Feb-2022

ހާދަ ހެއްވައޭދޯ, ގާނޫނު އަސާސީން ކޮއްމެ މީހަކަށްވެސް ލިބިދީފަވާ ހައްގެއް ޚިޔާލު ފާޅު ކުރުމާ ދުލުގެ މިނިވަން ކަމަކީ ދީނާ ޚިލާފު ނޫން ކޮއްމެ ކަމެއްގާވެސް އެމީހަކު ބޭނުން ވާހަކައެއްޝުއޫރެއް ފާޅު ކުރެވެން ޖެހޭނެ,, އިންޑިއާ އައުޓު ގޮވައިގެން ތޯ މީގެ ކުރީން ވެސް އިނޑިއާއަށް ވަކި ބަޔަކު ނާރުވާ އެއާރޕޯޓު ތރޭގާ އެތައް ޖެއްސުމެއް ކުރީ? ފާޑުފާޑުގެ ބޮޑައި ހާކާނެ ކަމެއްނެތް އިންޑިއާ ގަނޑާ.!!


9

އަހުމަދު

16-Feb-2022

2023 ގައި ދިވެހިން ވޯޓުދޭނީ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ކެރޭނެ ބަޔަކަށް. އެހެންވީމާ އިންޑިއާ ދަށުވެފަ ތިބި އެންމެން ކަޓާނެ.


-2

ގާދިރު

16-Feb-2022

މީކީކޭ ވީދޭ ބައެއްތަ އިންޑިޔާގެ ޕާލަމެންޓް މެންބަރެއް ނޫންތަ މިގައުމު މިރާއްޖެ ހިފަން ގޮވީވެސް ޕާލަމަންޓްގަ އަހަރުމެން ހަދާނެއް ނުނެތޭނެ އެހަނދާންތަކެއް