ބާޒާރުގައި ޕެސްޓިސައިޑުން ތަޣައްޔަރުކޮށްފައިވާ ސްޕްރިންގ އަނިއަންގެ ބާވަތެއް ރާއްޖެ އެތެރެކޮށްފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ 'ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ "ސްޓާރސް" ބްރޭންޑުގެ ސްޕްރިންގ އަނިއަން ދިވެހިރާއްޖެއަށް އެތެރެވެފައިވާކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. އަދި މިއީ މިސްރުގެ އުފެއްދުމެއްކަމަށާއި މި އުފެއްދުން ހޯލްސޭލްކޮށްފައިވަނީ ނެދަރލެންޑްސްގެ ކުންފުންޏެއްކަމުގައިވާ 'ގްލޯބަލް ގްރީން ޓީމް'އިންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.
އެމްއެފްޑީއޭއީން ބުނީ މިއެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންކަމަށެވެ. ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ ސްޓާރސް ބްރޭންޑުގެ ސްޕްރިންގ އަނިއަން އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާ އޮތޯރިޓީގެ ނަންބަރު ފޯނަށް 7603204 ގުޅުއްވުމަށް ވަނީ އަންގާފައެވެ.

ނޫސް ބަޔާން @MFDA_mv pic.twitter.com/UiUZHkzoef
— Ministry of Health (@MoHmv) February 14, 2022
އެމްއެފްޑީއޭއީން ބުނީ މިއެލާޓާއި ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުންކަމަށެވެ. ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްރުގެ ސްޓާރސް ބްރޭންޑުގެ ސްޕްރިންގ އަނިއަން އެ އޮތޯރިޓީން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާ އޮތޯރިޓީގެ ނަންބަރު ފޯނަށް 7603204 ގުޅުއްވުމަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު