ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފާދިއްޕޮޅުގެ 6 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވި ރައީސުް ސާލިހު ފާދިއްޕޮޅުގެ 6 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 އިން 20 އަށްކަމަށެވެ.



މި ދަތުރުފުޅުގައި ރައީސް ސާލިހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ޅ.އަތޮޅު މަޑިވަރު، ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި އަދި ކުރެންދޫއެވެ.

ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން އަތޮޅުތެރެއަށް ކުރެއްވި ޒިޔާރަތަކީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން އެ ދާއިރާއަށް ކުރެއްވި ޒިޔާރަތެވެ.



ކިޔުންތެރިންގެ ހިޔާލު