އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ބޭންކްތަކާއި ދައުލަތުގެ އިދާރާތައް ގުޅިގެން ހިންގި ޖަރީމާއެއްކަމަށް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔަކަށް ހައެއްކަ މަސް ދުވަސްވަންދެން ހުންނެވި އާތިފް މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ.
އާތިފްގެ މައްޗަށް މިމައްސަލައިގައި އުފުލާފައިވަނީ ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ.
މިމައްސަލައިގެ އަޑުއެހުންތަކެއް މީގެކުރިންވެސް ކުރިއަށްގެންގޮސްފައިވާއިރު، މިއަދުގެ އަޑުއެހުމުގައި އާތިފް ވިދާޅުވީ އެފްއައިޔޫގެ ވެރިޔަކަށް އޭނާ ހުންނެވީ ހަތް މަހާއި 22 ދުވަސް ވަންދެން ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ގާނޫނީ ޒިންމާ އަދާކުރާނެ ޖާގައެއް ނެތުމުން ކަމަށްވެސް އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކުށުގެ މުއާމަލާތް ހިންގިއިރު، އޭނާ ހުންނެވީ ޗުއްޓީއެއްގައި ރަށުން ބޭރުގައި ކަމަށެވެ. އަދި ޗުއްޓީއަށްފަހު މަސައްކަތަށް ނިކުމެ މިކަންކަން ފާހަގަވުމުން ގަވަރުނަރުގެ ސަމާލުކަމަށް އެކަންކަން ލިޔުމުން ރިޕޯޓްކޮށްފައިވާނޭކަމަށް އާތިފް ވިދާޅުވިއެވެ.
އާތިފް ވިދާޅުވީ އެމްއެމްއޭގައި އޭނާ އަދާކުރައްވަމުން ގެންދިޔަ ވަޒީފާއިން އިސްތިއުފާ ދެއްވީވެސް، މަސްއޫލިއްޔަތު އަދާކޮށްފިނަމަ އޭނާގެ ނަފްސަށް ގެއްލުންވުން ނޫން އިތުރު ކަމެއް ވާންނެތްކަން ޔަގީންވުމުން ކަމަށެވެ.
އާތިފް ވިދާޅުވީ އޭނާ މަގާމާއި ހަވާލުވުމުގެ ކުރިންވެސް ހިންގާފައިވާ މަނީ ލޯންޑްރިންއަށް ޝައްކުކުރެވޭ ކަންކަން އެމްއެމްއޭއިން ފެންނަން ހުރި ޓްރާންސެކްޝަންތަކުން ހާމަވާކަމަށެވެ. އެގޮތުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި 40 މިލިއަނުން 50 މިލިއަނުން ފައިސާ ބަހަމުން ގޮސްފައިވާކަން ފާހަގަވެފައިވާކަމަށާއި، އަދި އެފައިސާ ނުކުންނަ އެކައުންޓްތަކާއި ވަންނަ އެކައުންޓްތައްވެސް ފެންނަން ހުންނަ ކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ އެ ހިޔާނާތް ހިންގުމުގައި ބޭންކްތަކާއި ދައުލަތުގެ އިދާރާތައް ހުރީ ގުޅިފައިކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އާތިފްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ވަނީ ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހިމާއި އެފްއައިޔޫގެ ކުރީގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފާއި އިތުރު ދެ މީހެއްގެ ނަން ހުށަހަޅާފައެވެ. އެ ނަންތައް އާތިފް ހުށަހެޅުއްވީ ޝައްކު ކުރެވޭ މުއާމަލާތްތައް އޭނާ އަންގަންޖެހޭ ފަރާތްތަކަށް އެންގިކަން ސާބިތުކޮށް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު