ރައްޔިތުންގެ މަޖިލީހުގެ ރައީސް މާސްކް އަޅުއްވައިގެން ޖަލްސާ ކުރިއަށްގެންދަވަނީ (ފޮޓޯ- ވިޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް)
ރައްޔިތުންގެ މަޖިލީހުގެ ރައީސް މާސްކް އަޅުއްވައިގެން ޖަލްސާ ކުރިއަށްގެންދަވަނީ (ފޮޓޯ- ވިޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް)
ގައިދުރުކަން އިސްކޮށް، ހުރިހާ މެންބަރުން މާސްކް އަޅައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު، މަޖިލީހުގެ މެމްބަރުންނާއި، އިދާރީ މުވައްޒިފުން ތިއްބެވީ މާސްކު އަޅުއްވައި، ގައިދުރުކަން އިސްކޮށް 3 ފޫޓުގެ ދުރުމިނުގައެވެ. އަދި މަޖިލީހުގެ ޖަލްސާ ފެށުމަށްޓަކައި މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައިގެންފައިވަނީ ކޮންމެ މެންބަރަކު ވަކިން ހުންބަލައި ޓެމްޕަރޭޗާ ޗެކްކުރުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ވަޑައިގެންފައިވާއިރު، މަޖިލިސް ކުރިއަށްގެންދަނީ އެއްވެސް މޭޒެއްގެ ދޮށުގައި ދެ މެންބަރަކަށް ނުތިބެވޭގޮތަށެވެ. ގިނަ މެމްބަރުންތަކެއް ތަޅުމުގެ އެކި ހިސާބުތަކުގައި ޖަލްސާ އަޑުއެއްސެވުމަށާއި ބަހުސްގައި ބައިވެރިވަޑައިގެންނެވުމަށް ވަކިން ގޮނޑިކޮޅު ތަކެއްގައި ތިއްބަވާއިރު، މޭޒުކޮޅުތަކުން ޖާގަ ދެއްވަނީ އޮނަހިރި އަދި ހިރި އަދަދުގެ ދެ ގްރޫޕް ހެއްދެވުމަށްފަހު ފަހަރަކު 42 މެމްބަރުންނަށެވެ.

މިއަދުގެ ޖަލްސާގެ ހާޒިރީ އިއްވަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޖަލްސާ ފެށިއިރު، 47 މެންބަރުން ޖަލްސާއަށް ހާޒިރު ވެވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި ކަރަންޓީން ނުވަތަ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވާ ގޭތަކުގައި 5 މެންބަރުން އެބަތިއްބެވި ކަމަށާއި އެ 5 މެންބަރުންނަށް އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެންނެވޭ ކަމަށެވެ. އަދި ތިން މެންބަރަކު ސަލާމުގައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ބާއްވަމުން ގެންދިޔައީ ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން