އެމްއެންޑީއެފްގެ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް އިންޑިއާ ސަރުކާރުން ބައެއް ސިއްހީ ސާމާނު ހަދިޔާކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ސެނަހިޔާއަށް ހަދިޔާކުރި ސިއްހީ ސާމާނު ހަވާލުކުރުން އޮތީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރުގެ ދަތުރުފުޅުގެ ތެރެއިންނެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުން ހަދިޔާކުރި ސިއްހީ ސާމާނާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. އިންޑިއާ ސަރުކާރު ފަރާތުން މި ތަކެތި ހަވާލުކުރެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރެވެ.



އެމްއެންޑީއެފުން ބުނީ އިންޑިއާއިން ހަދިޔާކުރި މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނެނީ، ޞިއްޙީ އިމަޖެންސީގައި ބޭނުންކުރާ ބައެއް އާލާތްތައް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު