އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ ބައްދަލު ކުރައްވައިފިއެވެ.
ޑިފެންސްގައި މިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ގުޅުމަށް އާ ރޫޙަކާއެކީ، އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރުން، ދިވެހިރާއްޖެއަށް، ދިފާޢީ އަދި ސަލާމަތީ ރޮނގުން، ދެއްވަމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެކަމަނާވަނީ އިނގިރޭސި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
10 އަހަރުގެ މެދުކެނޑުމަކަށްފަހު، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކުގައި ދިވެހި ސިފައިންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވިދާޅުވީ، އިނގިރޭސިވިލާތުން ތަމްރީނުވެފައިވާ ގިނަ ޢަދަދެއްގެ ސިފައިން، އެމްއެންޑީއެފްގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާކަމަށާއި މިތަމްރީނުތަކުގެ ބޭނުން ސިފައިން ވަރަށް ރަނގަޅަށް ހިފަމުންދާކަމަށެވެ.
މީގެ އިތުރުން، ކައުންޓަރޓެރަރިޒަމް، އޭވިއޭޝަން ސެކިއުރިޓީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ޔޫކޭގެ މިނިސްޓަރ އޮފް ސްޓޭޓް ލޯޑު ޠާރިޤް އަޙްމަދުވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރަން އިނގިރޭސި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލްމަތީން އަޙްމަދާއި، ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި، އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޙުސައިން ނަޒީފާއި، އެންސީޓީސީގެ ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަޢީމް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮޕަރޭޝަންސް ޑައިރެކްޓަރ މޭޖަރ އަޙްމަދު ޝަފީޤު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު