ޤާނޫނުއަސާސީ އިސްލާހުކުރަންޖެހޭނީ އެމްޑީޕީއަށް ކާމިޔާބުވާގޮތަށްވުރެ ފުޅާކޮށްކަމަށް ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީއަށް އަބަދު ވެރިކަމުގައި އޮވެވޭނެ ގޮތަކަށް ޤާނޫނުއަސާސީ ބަދަލުކުރުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާއި ގުޅޭގޮތުން ދިޔާނާ ވިދާޅުވީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި ވިސްނަން ޖެހެނީ އެމްޑީޕީއަށް މޮޅު ހޯދޭނެ ފޯމިއުލާއަކަށްވުރެ ފުޅާކޮށްކަމަށެވެ. އަދި މީގެކުރިން ބޭއްވި އިންތިހާބުތަކާއި ވެރިކަމުގެ ބާރަށް އައިސްފައިވާ ނަތީޖާތަކަށް ބަލާއިރު ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބޭ ފަރާތެއް ހޮވޭ ގޮތަށް ކަނޑައެޅުން ރަނގަޅުކަމަށް ދިޔާނާ ވިދާޅުވިއެވެ.
"ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގަ ވިސްނަން ޖެހެނީ އެމްޑީޕީއަށް މޮޅު ހޯދޭނެ ފޯމިއުލާއަކަށްވުރެ ފުޅާކޮށް. އިލެކްޝަންތަކުގެ ތާރީހާއި ވެރިކަމުގެ ބާރަށް އައިސްފައިވާ ނަތީޖާތަކަށް ބަލާއިރު ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބޭ ފަރާތެއް ހޮވޭ ގޮތަށް ކަނޑައެޅުން ރަނގަޅު." ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ މީގެކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ގޮތެއް ނިންމާފައިވާއިރު، އެއާއި ހިލާފަށް ގޮތެއް ނިންމެވުމަކީ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ނިންމާ ނިންމުމެއްކަމަށެވެ.
"އަމުދުން 2007 ގެ ނިޒާމީ ވޯޓްގައި ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓު އަޅާފަވާއިރު، ރައީސުލްޖުމްހޫރިއްޔާއާއި ތަފާތު އައިޑިއޮލޮޖީ ގެންގުޅޭ ކޯލިޝަން ޕާޓީތަކަކުން ވެރިކަންކުރާ ނަތީޖާ މެދުވެރިވާގޮތަށް ބޭއްވުމަކީ 2007 ގަައި ރައްޔިތުން އިއްވި ބަހަށް ބިއްދޮށު ދޮރުން އަތް ފޯރުވާ، އެ ބަސް ނަފީކުރުން." ދިޔާނާ ވިދާޅުވިއެވެ.
އެންމެފަހުން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި މާލެ ދާއިރާގެ ރައީސް ޝިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި ހުށަހެޅުމުގައިވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ކުރަންޖެހޭ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރުމަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށެވެ.
ކޮންގްރެސަށް ހުށައަޅަން ފެންނަ އިސްލާޙުތައް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގިނަ ކަންތައްތަކެއް ފާހަގަކުރެއްވިއެވެ. އެގޮތުން ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ޢަދަދު ކަނޑައެޅުމާއި ޖޭއެސްސީ އިސްލާޙުކުރުން ރައީސް ނަޝީދު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެކަންކަމާމެދު ކޮންގްރެސްގެ ކުރިން އެމްޑީޕީގެ ޢާއްމު މެންބަރުންގެ މެދުގައި ގިނަގިނައިން ބަހުސް ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލުވާން ޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތަށް އަމަލު ކުރެވޭނީ 30 ޕަސެންޓަށް ވުރެ އިތުރަށް އެންމެ ގިނައިން ވޯޓް ހޯދާ ކެންޑިޑޭޓަކު ވޯޓް ހޯދައިފި ހާލަތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެންޑިޑޭޓުން ދެވަނަ ބުރަކަށް ވާދަ ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީގައި ލިޔުން މުހިންމު ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެބަދަލު ގާނޫނު އަސާސީއަށް ގެންނަންޖެހެނީ އެމްޑީޕީ އަބަދަށް ވެރިކަމުގައި އޮތުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު