ފުލުހުންނަށް ހުށަހަޅާފައިވާ ބްލެކްމެއިލްކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ހދ. ނޮޅިވަރަން، ހަމްނާ، އަޙްމަދު ޝަހްބާން (27އ), އެވެ.



ފުލުހުން ބުނީ އޭނާ ހޯދަން އިއުލާންކުރީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީކަމަށެވެ.

ފުލުހުން އޭނާ ހޯދަން އިޢުލާނުކުރީ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިންނެވެ.



ފުލުހުން ވަނީ ހޯދަން އިއުލާންކޮށްފައިވާ މީހާ މިމަހުގެ 21 ވަނަ ދުވަހުގެ 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު