މިފްްކޯގެ މަސް ބޯޓަކަށް އެއްދުވަހެއްގައި އެންމެ ގިނައިން މަސްކިރާފައިވަނީ އިއްޔެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯގެ ފެލިވަރު މެނޭޖަރު މުހައްމަދު އިބްރާހިމް ރޭ ވިދާޅުވީ، އިއްޔެއަކީ މިފްކޯގެ ތާރީހުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. އެގޮތުން އިއްޔެ އަކީ މިފްކޯގެ ތާރީހުގައި އެއް ދުވަހެއްގެ ތެރޭގައި އެއް ބޯޓަކަށް އެންމެ ގިނައިން މަސް ކިރުވި ދުވަސްކަމަށް އޭނާ ވިދާޅުވިއެވެ.
"ޖަޒީރާ-102 އަށް 155.572 ޓަނުގެ މަސް ތިނަދޫ ބަނދަރުން ވަނީ ކިރާފައި. މިއީ ރައީސް ޞާލިޙްގެ ވެރިކަމުގައި މިފްކޯއަށް އެންމެފަހުން ގެނައި ބޯޓު." މުޙައްމަދު އިބްރާހިމް ވިދާޅުވިއެވެ.
"ޖަޒީރާ-102" ބޯޓުގައި 378 ޓަނުގެ މަސް އުފުލޭނެއެވެ. ބްރައިން ފްރީޒަރ މި ބޯޓު އޮޕަރޭޝަނަށް ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
މިފްކޯ އިން ވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އާ ބޯޓެއް ގެނެސްފަ އެވެ. މިފްކޯއަށް ގަންނަ މަސް ރާއްޖެއިން ބޭރަށް ގެންދިއުމަށް އަމާޒުކޮށްގެން ގެނެސްފައިވާ އެ ބޯޓަކީ 2،500 ޓަނުގެ މަސް ރައްކާކުރެވޭ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު