ބޮޑީ ކެމެރާއާއެކު މުޙިއްމު ލަނޑުދަނޑިއެއް ސަރުކާރަށް ހާސިލުކުރެވިފައިވާކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތަށް ބޮޑީ ވޯން ކެމެރާ ތަޢާރަފްކުރުމާއި ގުޅޭގޮތުން ހަމްދާން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީ ކުރުވުމަށް ޒަމާނީ ޕޮލިސިންގ ފަލްސަފާއެއް މިހާރު އެ މުއައްސަސާގައި އެބައޮތްކަމަށެވެ. އެގޮތުން، ބޮޑީ ކެމެރާ މި މަހުގެ ތެރޭގައި، ފީލްޑްގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރަން ފަށާނެކަން ހަމްދާން ފާހަގަކުރެއްވިއެވެ.
ހަމްދާން ވިދާޅުވީ މި ހަފްތާގައި ބޭނުންކުރަން ފަށާ ބޮޑީވޯން ކެމެރާގެ ޒަރީޢާއިން ފުލުހުންނާއި، އާންމު ރައްޔިތުންނާ ދެމެދު ހިނގާ ހާދިސާތަކާއި ކުރިމަތިލުންތައް ރެކޯޑްކުރެވި، ފުލުހުންގެ ޒިންމާދާރުކަން ހަރުދަނާ ކުރެވިގެންދާނެކަމަށެވެ. އަދި ފުލުހުންގެ ތަޙްޤީޤްތައް އިތުރަށް ހަރުދަނާވެ އަވަސް ވެގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމްދާން ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންނާމެދު ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބެލި، ފުލުހުން ޖަވާބުދާރީކުރުމަށް އޮތް ނިޒާމް އިތުރަށް ހަރުދަނާވެ، ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވުމާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެގެންދާނެކަމަށެވެ. އެހެންކަމުން، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން އިތުރުކޮށް، ކުށްތަކަށް އަރައިގަތުން މަދުކުރުމަށާއި ކުށްކުރުން ހުއްޓުވުމަށް އަމާޒުކޮށް ކުރެވެމުންދާ މަސައްކަތުގެ މުޙިއްމު ލަނޑުދަނޑިއެއް ހާސިލް ކުރެވިފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ އާދީއްތަދުވަހުއެވެ. އެ ރަސްމިއްޔާތުގައި ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީ ކުރުވުމަށް ޒަމާނީ ޕޮލިސިންގ ފަލްސަފާއެއް މިހާރު އެ މުއައްސަސާގައި އެބައޮތް. އެގޮތުން، ބޮޑީ ކެމެރާ މި މަހުގެ ތެރޭގައި، ފީލްޑްގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރަން ފަށާނެ." - @ibusolih pic.twitter.com/ata5UirZVn
— Hamdhan (@Ahmed_hamdhan) February 15, 2022
ހަމްދާން ވިދާޅުވީ މި ހަފްތާގައި ބޭނުންކުރަން ފަށާ ބޮޑީވޯން ކެމެރާގެ ޒަރީޢާއިން ފުލުހުންނާއި، އާންމު ރައްޔިތުންނާ ދެމެދު ހިނގާ ހާދިސާތަކާއި ކުރިމަތިލުންތައް ރެކޯޑްކުރެވި، ފުލުހުންގެ ޒިންމާދާރުކަން ހަރުދަނާ ކުރެވިގެންދާނެކަމަށެވެ. އަދި ފުލުހުންގެ ތަޙްޤީޤްތައް އިތުރަށް ހަރުދަނާވެ އަވަސް ވެގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަމްދާން ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންނާމެދު ރައްޔިތުން ހުށަހަޅާ ޝަކުވާތައް ބެލި، ފުލުހުން ޖަވާބުދާރީކުރުމަށް އޮތް ނިޒާމް އިތުރަށް ހަރުދަނާވެ، ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވުމާއެކު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެގެންދާނެކަމަށެވެ. އެހެންކަމުން، ފުލުހުންގެ ޚިދުމަތަށް ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން އިތުރުކޮށް، ކުށްތަކަށް އަރައިގަތުން މަދުކުރުމަށާއި ކުށްކުރުން ހުއްޓުވުމަށް އަމާޒުކޮށް ކުރެވެމުންދާ މަސައްކަތުގެ މުޙިއްމު ލަނޑުދަނޑިއެއް ހާސިލް ކުރެވިފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ އާދީއްތަދުވަހުއެވެ. އެ ރަސްމިއްޔާތުގައި ބޮޑީ ވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއެވެ.
ކިޔުންތެރިންގެ ހިޔާލު