މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުން ހުށަހަޅާ ބަޔާނުގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ، އެ ފަރާތެއް މަގާމުން ވަކިކޮށް ޖޫރިމަނާއާއި ޖަލު އަދަބެއް ދެވޭ ގޮތަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެބިލް މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ އެވެެ. މާލީ އަދި އެހެނިހެން މަސްލަހަތު އާންމު ކުރާ ބިލު" ގެ ނަމުގައި މަޖިލީހަށް ހުށައެޅި އެބިލްގައި މާލީ ބަޔާނުގެ މައުލޫމާތު ސައްޚަކަން ކަށަވަރު ކުރަން ފަސް ކަމެއް ބަލަން ވަނީ ހިމަނާފައެވެ.
އެއީ، ހުށަހަޅާފައިވާ މައުލޫމާތު ފުރިހަމަކަން، ބަޔާނުގައިވާ މުދަލާއި ފައިސާ ލިބުނު ގޮތް، އާމްދަނީއާއި އެހެނިހެން މައުލޫމާތާއި ބައްދަލު މިންވަރެއްކަން، ކުރިން ހުށަހަޅާފައިވާ ބަޔާނާއި އަޅާ ކިޔުން، އަދި ތިންވަނަ ފަރާތަކުން ހުށަހަޅާ ޝަކުވާއަކާއި ގުޅިގެން އެކަމެއް ބެލުން ކަމަށް އެބިލްގައިވެއެވެ.
އެބިލްގައި ބުނާ ގޮތުން މައުލޫމާތުގެ ސައްޚަކަން ކަށަވަރު ކުރުމުގެ މަސައްކަތުން އޭގައި ދޮގު މައުލޫމާތެއް ހުރިކަން އެނގިއްޖެނަމަ އެ ފަރާތެއް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.
ގާނޫނުގައި މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ފަހުން ހުށަހަޅައިފިނަމަ، އެ ބަޔާން ހުށަހަޅާ ފަރާތް ހިމެނޭ މުއައްސަސާ ނުވަތަ މަސްއޫލު އިދާރާއެއް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލްގައި ބުނެފައިވެއެެވެ.
އެ ގޮތުން ސުންގަޑީގެ ފަހުން ނަމަވެސް އޭގެފަހުން 30 ދުވަސް ހަމަނުވަނީސް ހުށަހަޅައިފިނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ހިމަނާފައިވާއިރު ތަކުރާރުވާ ކޮންމެ ފަހަރަކު ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާ ކުރެވޭނެ ކަަމަށް އެބިލްގައިވެއެވެ.
މާލީ ބަޔާނުގައި ހަތަރު ކަމެއް ހުންނަން ވެސް ބިލުގައި ވަނީ ލާޒިމު ކޮށްފައެވެ.
އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނީގެ ތަފްސީލް، ބޭރުގެ އެއްވެސް ބޭންކެއްގެ އެކައުންޓްމެއްގައި ފައިސާ ހުރިނަމަ އޭގެ ތަފްސީލް، ނަގާފައިވާ އަދި ދޫކޮށްފައިވާ ލޯނާއި ރަހުނުކޮށްފައިވާ މުދަލުގެ ތަފްސީލް، އަދި މަގާމާއި ގުޅިގެން ލިބިފައިވާ ހަދިޔާތަކާއި ދަތުރުތަކުގެ ތަފްސީލު މާލީ ބަޔާނުގައި ހިމަނަން ޖެހޭނެ ކަމަށް ކަމަށް އެބިލްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު