ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާސްކަމަކީ ވެރިކަން ލިބިވަޑައިނުގެންފިނަމަ ޖާހަތު ގެެއްލޭތީ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިހެން ވިދާޅުވީ، ގާނޫނޫ އަސާސީ އިސްލާހު ކުރުމާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ތަކަށް އިޝާރަތް ކުރައްވަމުންނެެެވެ.

ޑރ. ޖަމީލް ވިދާޅުވީ އެކަނި އެއްވެސް މީހަކަށް ރައްޔިތުންގެ ފައިސާއާއި ވެރިކަން ކުރަންވީ ގޮތް ނުނިންމޭނެ ކަމަށެވެ. ރައީސް ނަޝީދުގެ ހުރިހައި ހާސްކަމަކީ ވެރިކަން ލިބިވަޑައިނުގެންފިނަމަ ޖާހަތު ގެއްލޭތީ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ އޭގެ ތެރޭގައި މުރައިދޫ ގަނޑުވަރާއި އިމެއް ނެތް ޚަރަދުވެސް ހިމެނޭ ކަމަށެވެ. މީގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ ދަހިވެތިކަން ހައްދުން ނައްޓައިގެން ގޮސްފައިވާކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުންނަށް ބިރަކަށްވެއްޖެކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައީސް ނަޝީދު މަސައްްކަތް ކުރައްވަނީ ކުރު މަގަކުން ވެރިކަމަށް ވަޑައިގަތުމަށް ކަމަށް ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. ރައީސް ނަޝީދު މިހާރު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-12

ޢަަހޮމަދު

16-Feb-2022

ޥެރިކަމަށް ޖަމީކު ދަހިވެތި ވާ ގޮތަށް ނަށިދު ވެރިކަން ގެއްލިދާނެ ކަކަށް ބިރު ހީވީމަ ކޮބާ މައްސަލަ އަނީ.


-1

ކެހެރި

16-Feb-2022

ޖަމީލަށް ތިއަށްވުރެ ބޮޑު ތެދެއް ކުރިަށްއޮތް ގަރުނުގާވެސް ދެން ނުބުނުއްވޭނެ