2008 ގެ ފަހުން ރާއްޖޭގެ ވެރިކަން ކުރި އެއްވެސް ރައީސަކަށް ރައްޔިތުން ދެން ފުރުސަތު ނުދޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބް ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ނާއިބް ރައީސް އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާސްވެވަޑައިގަންނަވަނީ ވެރިކަން ނުލިބިއްޖެނަމަ ޖާހަތު ގެެއްލޭތީ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް ދެއްކެވި ވާހަކަތަކާއި ގުޅިގެންނެެވެ.
އެކަމަށް އިޝާރަތް ކުރައްވައި ސައިރިކްސް ޝަރީފް ވިދާޅުވީ 2008 ގެ ފަހުން ރައީސްކަން ކުރި އެއްވެސް ރައީސަކަށް ރައްޔިތުން ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށާއި، އެވަރުގެ ރައީސެއް އަދި ނުފެންނަ ކަމަށެވެ. އަދި މިހާރު އެ ރައީސުންގެ ޕާޓީތަކުން ފޮނުއަރުވައި ޕާޓީތަކުގެ ލީޑާޝިޕުން ކުރީގެ ރައީސުންނަށް އިންތިޒާރުކޮށް ކުލަވަރު ދެއްކިޔަސް އެފުރުސަތެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަކީ އެމީހުން (ކުރީގެ ރައީސުން) ގެ އާއިލީ ހަރުމުދާކަމަށް، ވެރިކަން ކުރި ރައީސެއްވެސް އެރައީސެއްގެ އާއިލާއިންވެސް ހިތަށް އަރުވައިގެން ނުވާނެ ކަމަށެވެ.
"ހެޔޮވެރިކަމެއްކޮށްފައި ދެވަނަ ފުރުސަތުދީފިއްޔާ އެފުރުސަތުގެ ބޭނުންކޮށް އިނާޔަތާއިއެކު ގޭގައި މަޑުކޮށްލާ،" ކުރީގެ ރައީސުން ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ސިޔާސީ މަސައްކަތުގައި އުޅުއްވާތީ އެކަމަށް އިޝާރަތް ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
2008ގެ ފަހުން ރާއްޖޭގެ ވެރިކަން ކުރެއްވި ކުރީގެ ރައީސުންގެ ތެރޭގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބުދު ﷲ ޔާމިން އާއި މިހާރުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ވެރިކަމުން 2008ގެ ފަހުން ވަކިވެވަޑައިގެންނެވި ހުރިހާ ރައީސުން ވެސް އަދިވެސް ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވެވަޑައިގަންނަވައެވެ. ދައުލަތުން ބޮޑެތި މުސާރައާއި އިނާޔަތްތައް ނަންގަވައިގެން ސިޔާސީ މަސައްކަތުގައި އުޅުއްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ކުރީގެ ރައީސުންނަށް ވަނީ އަމާޒުވެފައެވެ.

2008 ގެ ފަހުން ރައީސްކަން ކުރި އެއްވެސް ރައީސަކަށް ރައްޔިތުން ދެވަނަ ފުރުސަތެއް ނުދޭނެ، އެވަރުގެ ރައީސެއް އަދި ނުފެނޭ، މިހާރު އެރައީސުންގެ ޕާޓީތަކުން ފޮނުއަރުވައި ޕާޓީތަކުގެ ލީޑާޝިޕުން ކުރީގެ ރައީސުންނަށް އިންތިޒާރުކޮށް ކުލަވަރު ދެއްކިޔަސް ފުރުސަތެއްނެތް https://t.co/amPQ2S9r62
— Ahmed Shareef (@shar_f) February 15, 2022
"ހެޔޮވެރިކަމެއްކޮށްފައި ދެވަނަ ފުރުސަތުދީފިއްޔާ އެފުރުސަތުގެ ބޭނުންކޮށް އިނާޔަތާއިއެކު ގޭގައި މަޑުކޮށްލާ،" ކުރީގެ ރައީސުން ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ސިޔާސީ މަސައްކަތުގައި އުޅުއްވާތީ އެކަމަށް އިޝާރަތް ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
2008ގެ ފަހުން ރާއްޖޭގެ ވެރިކަން ކުރެއްވި ކުރީގެ ރައީސުންގެ ތެރޭގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބުދު ﷲ ޔާމިން އާއި މިހާރުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ވެރިކަމުން 2008ގެ ފަހުން ވަކިވެވަޑައިގެންނެވި ހުރިހާ ރައީސުން ވެސް އަދިވެސް ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވެވަޑައިގަންނަވައެވެ. ދައުލަތުން ބޮޑެތި މުސާރައާއި އިނާޔަތްތައް ނަންގަވައިގެން ސިޔާސީ މަސައްކަތުގައި އުޅުއްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ކުރީގެ ރައީސުންނަށް ވަނީ އަމާޒުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު