މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ދޫކުރަނީ 1250 އަކަފޫޓްގެ ގޯތިކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިރޭ ވިދާޅުވެއްްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވަނީ 1250 އަކަފޫޓްގެ ގޯތި ކަމަށް ސުހައިލް ވިދާޅުވިއެވެ.
"1000 ގޯތި އަޅުގަނޑުމެން ހުޅުމާލެއިން ސަރުކާރަަށް ހަވާލުކޮށްދޭނަން، ސަރުކާރުން ނިންމަވާނީ އެގޯތިތައް ހަވާލުކުރާނެ ގޮތްތަކެެއް، އަޅުގަނޑުމެން އެ އަދަދަށް ހުޅުމާލެއިން ގޯތި ހަމަޖައްސައިދޭނަން." ސުހައިލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވައިލައްވާނީ މާލޭ ރައްޔިތުންނަށް އިންވަކިކޮށް ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.
އެގޮތުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިމަސައްކަތް މިއަހަރު ޖޫންގައި ފަށާނެކަމަށާއި އޭގެއިތުރަށް ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު