ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމުގައި ފޭކް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ނަމުގައި މޯބައިލް ނަންބަރުތަކުން އެކި މީހުންނަށް ގުޅާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެ ނަންބަރުތަކުން ގުޅުމަށްފަހު އެޗްޑީސީން ހިންގާ އެކި މަޝްރޫތަކުގެ ދަށުން ފްލެޓް ލިބުނު ކަމަށް ބުނާ ކަމަށާއި އެޗްޑީސީގެ ނަމުގައި އެ ފަރާތްތަކުގެ އެކި މައުލޫމާތު ހޯދަން މަސައްކަތް ކުރާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެ އެވެެ.

އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ ނަމުގައި ފޭކް ކޯލްތައް ކުރަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އަދި ފައިސާގެ މުއާމަލާތަކާއު ގުޅިގެން މޯބައިލް ނަންބަރަކުން ގުޅައިފިނަމަ އެޗްޑީސީގެ ކޯލް ސެންޓަރު 1516 އަށް ގުޅައި ޔަގީން ކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އެކި ކުންފުނިތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަކީ ވަރަށް އާންމުކޮށް ހިނގާ މައްސަލަތަކެކެެވެ.



ކިޔުންތެރިންގެ ހިޔާލު