މާލެ ސަރަހައްދުން ގޯތި ދިނުމުގެ އުސޫލު ފައިނަލް ކުރާނީ މާލެ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ކުރަމުންދަނީ ގޯތި ދޫކުރުމުގެ އުސޫލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ އުސޫލުތަކާ ގުޅޭ ގޮތުން މާލެ ދާއިރާގެ މަޖިލިސް މެމްބަރުންނާ އަންނަ ހަފުތާގައި މަޝްވަރާ ކުރަން ނިންމަވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ޑްރާފްޓަށް އަންނަ ހަފުތާގެ ތެރޭގައި ޑިސްކަސް ކޮށްލާނަން. އޭގެ ފަހުން ފައިނަލައިޒް ކުރާނީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
މާލޭގެ މީހުންނަށް ގޯތި ދިނުމުގެ ބޮޑު މަޝްރޫއެއް ހިންގަން ނިއްމިކަން ސަރުކާރުން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހެވެ.
ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލެ ރަށްވެހިންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ގިރާވަރު ފަޅުން ބިމެއް ހިއްކައިގެން މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ސޯލިހް ވިދާާޅުވީ ގޯތި ދިނުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހު ފަށާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިއްމާލާނީ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމައި ބިން ކަނޑައި، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު