އައްޑޫ ތަރައްގީކޮށް އިގުތިސާދީ ގޮތުން އެޅިފައިވާ މަރުތަޅަށް ހައްލެއް ހޯދައިދޭން އުޅުމުން އެކަންކަން ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ތުހުމަތު ކުރައްވައިފިއެެވެ.
މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މި ސަރުކާރުން އައްޑޫ ކުރިއަރުވަން ކުރަން ނިންމާފައިވާ ކަމަށް އެކިއެކި ޝިއާރުތައް ހަދައިގެން ބަޔަކު ހުއްޓުވަން މަސައްކަތްކުރާ ކަމަށެވެ.
"އައުޓްކުރުމާއި އެހެނިހެން ބައިވަރު ޝިއާރު ބޭނުންކޮށް [ކަންކަން] ހުއްޓުވަން މަސައްކަތް އެބަކުރޭ. މާތްﷲ ގެ އިރާދަފުޅާއެކު ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނާނަން." އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިޔާ އައުޓް ހަރަކާތަށް އިޝާރަތް ކުރައްވައި އައްޑޫގެ ތަރައްގީއަށް ހުރަސްއަޅަން މަސައްކަތް ކުރަނީ އިދިކޮޅުން ކަމަށް ތުހުމަތު ކުރަށްވައި ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވި އެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު އައްޑޫގެ ތިމާވެއްޓަށް ލިބިދާނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލަޑިވްސް ހިމެނޭހެން 7 ޖަމިއްޔާއަކުން ސަރުކާރަށް ރޭ ވަނީ ގޮވާލާފައެެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ. ބިން ހިއްކަން ހަވާލުކުރާނެ ކުންފުންޏެއް ވެސް މިހާރު އެވޯޑްކޮށްފައިވާއިރު މި މަހުގެ ތެރޭގައި އެ ކުންފުންޏާ އެކު ރަސްމީކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

#AdduCity gai Iguthisaadhee maru thalhu alhuvaigen thibi thibumah Bodu halleh hoadhai dhinumah mi sarukaarun masakkaih feshumun out kurumaai ehenihen baivaru shiaaru beynun koh huttuvan masakkaih Eba Kurey! Maaih Allah ge Iraadhafulhaai eku Rayyithun edhey heyo badhalu gennaanan!
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 15, 2022
ނިހާދު މިހެން ވިދާޅުވެފައިވާއިރު އައްޑޫގެ ތިމާވެއްޓަށް ލިބިދާނެ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ބުނެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލަޑިވްސް ހިމެނޭހެން 7 ޖަމިއްޔާއަކުން ސަރުކާރަށް ރޭ ވަނީ ގޮވާލާފައެެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ. ބިން ހިއްކަން ހަވާލުކުރާނެ ކުންފުންޏެއް ވެސް މިހާރު އެވޯޑްކޮށްފައިވާއިރު މި މަހުގެ ތެރޭގައި އެ ކުންފުންޏާ އެކު ރަސްމީކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު