އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ދެކޮޅަށް އެންޓި ކެމްޕޭން ނުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ހުސްވެފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް މިިނިސްޓަރު ފައްޔާޒު ކުރިމަތިލެއްވުމާއި ގުޅިގެން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އޭނާއާއި ގުޅޭގޮތުން ދައްކަމުން ގެންދާ ވާހަަކަތަަކަށް އިޝާރަތް ކުރައްވަމުންނެެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރަށްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އޭނާއަށް ތާއިދުކުރާ އެއްވެސް މެމްބަރަކު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓަކާމެދު ހުތުރު ދޮގު ވާހަކަ ފަތުރައި އެންޓި ކެމްޕޭން ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެ ކެންޑިޑޭޓުންނަކީ އެމްޑީޕީއާއި އެކީގައި މަސައްކަތް ކުރަން ތިބި ބޭފުޅުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"އަޅުގަނޑު ވޯޓް ބޭނުމީ ލޯބިން، ނަފުރަތު އުފައްދައިގެނެއް ނޫން،." އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ މީގެ ކުރިން ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ އިކޮންމިކް މިިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރަށްވާކަން ހާމަކުރައްވާފައެވެެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެމްޑީޕީއަށް މިއަދު ބޭނުންވަނީ ފައްޔާޒު ކަހަަލަ ހިންގުންތެރި ބޭފުޅެއް ކަމަށެވެ. ފައްޔާޒު ކަހަލަ ބޭފުޅަކު އެމްޑީޕީގެ ލީޑަރޝިޕްގައި ހުރުމަކީ މުހިއްމު ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


8

އިއްބެ

17-Feb-2022

ފައްޔާޒު ކޮށްދޭންވިދާޅުވިކަންތައް އަދިނުވޭ ބޭރުމީހުންކަންތައް ނިންމާފައި ޗެއަރޕާސަންގެމަ ޤާމަށްކުރިމަތިލައްވާ


10

ޥިޒް

17-Feb-2022

ކަލެ އަށް ކިހާވަރެއް ދިނީ