މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލުމުން ޕޯޓަލް ޑައުންވީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލުމުން ޕޯޓަލް ޑައުންވީ ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެވެެ.
އެކަމާ ގުޅިގެން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ އެއީ ކަނޑަ އެޅިގެން ރޯ ބުހުތާނު ދޮގެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އެއްވެސް ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަނެއް ކޭމަކުން ނުވަތަ ދިވެހި ސަރުކާރަކުން ބްލޮކް ކޮށްފައިނުވާ ކަމަށް އަލީ ސޯލިހް ވިދާާޅުވިއެވެ. އޭނާ ވިދާޅުވީ ބޮޑަށް ބެލެވެނީ ޕޯޓަލް ހުޅުވާލި ވަގުތުގައި ގިނަ ބަޔަކު އެއަށް ވަނުމުގެ ސަބަބުން އޯވަލޯޑްވެ ޓްރެޕިކް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ޕޯޓަލް ކްރޭޝްވީ ކަމަށެވެ.
ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް މިއަދު މެންދުރު ފަހު 1:00 ގައި ވަނީ ހުޅުވާލާފައެވެ. ޕޯޓަލް ހުޅުވާލި ވަގުތުގައި 84،000 މީހުން ޕޯޓަލަށް ވަން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. ޕޯޓަލް ޑައުންވުމުން ސްލޮޓަށް ހުށަހެޅުން މާދަމާއަށް މިހާރު ވަނީ ފަސްކުރުމަށް ނިންމާފައެވެ.
މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ވަނީ އެކަމަށް އެދި ހުށައަޅާފައެވެ.
ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާއަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކަނޑަ އެޅިގެން ރޯ ބުހުތާނު ދޮގެއް. މާލެ ސިޓީ ކައުންސިލްގެ އެއްވެސް ވެބްސައިޓެއް ނުވަތަ އެޕްލިކޭޝަންއެއް ކޭމް އަކުން ނުވަތަ ދިވެހި ސަރުކާރަކުން ބްލޮކެއް ނުކުރޭ.
— ali solih (@alisolih) February 16, 2022
ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް މިއަދު މެންދުރު ފަހު 1:00 ގައި ވަނީ ހުޅުވާލާފައެވެ. ޕޯޓަލް ހުޅުވާލި ވަގުތުގައި 84،000 މީހުން ޕޯޓަލަށް ވަން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. ޕޯޓަލް ޑައުންވުމުން ސްލޮޓަށް ހުށަހެޅުން މާދަމާއަށް މިހާރު ވަނީ ފަސްކުރުމަށް ނިންމާފައެވެ.
މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ވަނީ އެކަމަށް އެދި ހުށައަޅާފައެވެ.
ޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާއަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީއެއް ބާއްވާނަމަ މަހަކު 750 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު