ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 21 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 2 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބްރެޒިލްގެ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް ރާއްޖޭގެ ކަސްޓަމުންނެވެ. އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އެ ގައުމަށް ނިސްބަތްވާ 23 އަހަރުގެ އަންހެން މީހާގެ ލަގެޖުން ވަނީ ގާތްގަނޑަކަށް 4 ކިލޯގެ މަސްތުވާތަކެތި ފިނިފައެވެ. އެ ތަކެތީގެ މަގުމަތީ އަގު 21.3 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމުން ބުނެއެވެ.
މިމީހުން ހައްޔަރުކުރުމަށްފަހު ފުރަތަމަ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި ޝަރީއަތުގައިވެސް އެ ދެމީހުން ވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭކަން ފާހަަގަކޮށްފައެވެ.
ރާއްޖެއަށް ފަހަކަށް އައިސް ބްރެޒިލުން މަސްތުވާތަކެތި އެެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، މިހާރުވެސް ޖަލުގައި އެފަދަ ގިނަ މައްސަލަތަކެއްގައި މީހުން ބަންދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު