ހުޅުމާލޭ ދެވަނަ ފިޔަވަހި ބީޗް ސައިޑުން ވިއްކަން ނިންމި 34 ގޯތި އެންމެ މަތީ އަގު ހުށަހެޅި ފަރާތްތަކަށް ވިއްކާލައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކުމަށް އެޗްޑީސީން ނިންމައި، މިމަހުގެ 9 ވަަނަ ދުވަހު ވަނީ ބީޗް ފްރަންޓުން 26 ގޯއްޗެއް ވިއްކާލާފައެވެ. އަދި މިއަދު އެޗްޑީސީން ވަނީ ބީޗް ސައިޑުން ބީލަމަށް ހުޅުވާލި 34 ގޯތިވެސް ވިއްކާލާފައެވެ.

މިއަދު ވިއްކާލި ގޯތިތައް ވިއްކާލާފައިވަނީ އަކަފޫޓަކަށް 7000 ރުފިޔާއާއި 9000 ރުފިޔާއާއި ދެމެދުގެ އަގު ހުށައެޅި ފަރާތްތަކަށްކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި 34 ގޯއްޗަށް އެދި 179 މީހުން ބީލަން ހުށައެޅިކަމަށާއި ގޯތި ދީފައިވަނީ ބީލަމުގައި އެންމެ ބޮޑު އަގު ހުށައެޅި ފަރާތްތަކަކަށް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މިމަހުގެ 9ވަނަ ދުވަހު ބީޗް ފްރަންޓުގެ ގެތަކަށް ބީލަން ހުށައެޅި 211 މީހުންގެ ތެރެއިން ބިން ލިބިފައިވަނީ 6000 ރުފިޔާއާއި 10000ރުފިޔާއާއި ދެމެދުން އަކަފޫޓަކަށް އަގު ހުށައެޅި 26 މީހުންނަށެވެ.

ބިން ދިނުމުގައި އިސްކަންދީފައިވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށްކަމަށާއި އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް/ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ މީހުންނަށްކަމަށް އެޗްޑީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ނުރަބޯ

19-Feb-2022

އެއްވެސް ސަރުކާރަކުން ނުއުޅޭ ނިކަމެތިންނާ ހެދިއެއް. ދެން މިހާރު މިއޮތީ “ ކާޅު ހާލިހެދީމާ ކޮވެލި ބިސް އަޅާ ސަރުކާރު “ މިމީހުން ބޭނުންވަނީ ނިކަމެތިން ފެލާލައިގެން ވެސް ފައިސާ.


0

ނާސިރު

17-Feb-2022

މުއްސަނދިންނައް ފުލެޓާއި ގޯތި އެމީހުން ބޭނުންވާ ތަނަކުން ގަންނަން އެބަ ލިބޭ އަދިވެސް ރައްރަށުގަ ތިބި ފަގީރުނިކަމެތިން ތިބީ ލިބިފައިވާ ގޯތި ގަނޑު ހަދާނެ ފަދައެއްނެތިފައި.މި ފަދަ ނިކަމެތިން ނައް ސަރުކާރުން އެހީތެރިކަމެއް ދެއްވުން ކިޔެއްތޯ