އިސްލާމުން ކުރިއަރައިފާނެތީ ކާފިރުން އަބަދުވެސް ޖެހިލުންވާކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
ޑރ.އަނާރާ މިހެން ވިދާޅުވީ އިންޑިއާގައި ކިޔަވާ މުސްލިމް އަންހެން ކުދިން ބުރުގާ އަޅައިގެން ކިޔަވަންދިއުން ހުއްޓުވަން ހަރުކަށި ހިންދޫއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. އަނާރާ ވިދާޅުވީ އިސްލާމީ އުންމަތް ބާރުވެރިވެ ކުރިއަރައި ގޮސްފާނެތީ ކާފިރުން އަބަދުވެސް ޖެހިލުންވާކަމަށެވެ. އަދި މުސްލިމް އަންހެންކުދިންގެ ބުރުގާނަގައި ތަޢުލީމަށް ހުރަސް އަޅަން އިންޑިޔާފަދަ ޤައުމުތަކުން މަސައްކަތްކުރާއިރު، މުސްލިމުން އިސްލާމީ އުންމަތުގެ ޙައްޤުގައި ބަސްބުނެ ހެޔޮ ދުޢާކުރަންޖެހޭކަމަށް އަނާރާ ވިދާޅުވިއެވެ.
ޑރ. އަނާރާ މިހެން ވިދާޅުވެފައިވާއިރު އިންޑިއާގައި އުޅޭ މުސްލިމް ދަރިވަރުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދޫއިން ދަނީ އެތަކެއް ގޯނާއެއް ދެމުންނެވެ. މަގުމަތިން ބުރުގާ ބޭލުމާއި ސްކޫލްތަކަށް ވަދެ މުސްލިމް އަންހެނުން ކުދިންނަށް އެކިވަރުގެ އަނިޔާތައް ދަނީ ދެމުންނެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާއެވެ. ފިޔަވަޅެއް ނާޅާއިރު، ހިންދޫއިންގެ އަމަލުތަކަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ހިތްވަރު ދެމުންއަންނަކަން ފާހަގަ ކުރެވެއެވެ.

އިސްލާމީ އުންމަތް ބާރުވެރިވެ ކުރިއަރައި ގޮސްފާނެތީ ކާފިރުން އަބަދުވެސް ޖެހިލުންވެއެވެ. މުސްލިމް އަންހެންކުދިންގެ ބުރުގާނަގައި ތަޢުލީމަށް ހުރަސް އަޅަން އިންޑިޔާފަދަ ޤައުމުތަކުން މަސައްކަތްކުރާއިރު،
— Dr. Anara Naeem (@AnaraNaeem) February 16, 2022
މުސްލިމުން އިސްލާމީ އުންމަތުގެ ޙައްޤުގައި ބަސްބުނެ ހެޔޮދުޢާކުރުން ހުއްޓެވެ.
ޑރ. އަނާރާ މިހެން ވިދާޅުވެފައިވާއިރު އިންޑިއާގައި އުޅޭ މުސްލިމް ދަރިވަރުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ހިންދޫއިން ދަނީ އެތަކެއް ގޯނާއެއް ދެމުންނެވެ. މަގުމަތިން ބުރުގާ ބޭލުމާއި ސްކޫލްތަކަށް ވަދެ މުސްލިމް އަންހެނުން ކުދިންނަށް އެކިވަރުގެ އަނިޔާތައް ދަނީ ދެމުންނެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާއެވެ. ފިޔަވަޅެއް ނާޅާއިރު، ހިންދޫއިންގެ އަމަލުތަކަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ހިތްވަރު ދެމުންއަންނަކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު