އަހުމަދު މަސްނޫމް   17 ފެބްރުއަރީ 2022 - 14:55
ވ. ތިނަދޫ ކައުންސިލް ރައީސާއި އެކައުންސިލްގެ ނައިބު ރައީސާއި ދެމެދު މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓެއް ލިބިއްޖެއެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީގައި ހަމަލާދީފައި ވަނީ ކައުންސިލްގެ ރައީސް ކައުންސިލްގެ ނާއިބު ރައިސަށެވެ. ނަމަވެސް މިކަމުގައި ޝާމިލުވާ ބައެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ ވ. ތިނަދޫ ގައި 2 މީހެއްގެ މެދުގައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު އިއުޔެ ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް