ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނަމަ ތިބޭނީ މަގުމަތީގައި ބަޑި ހިފައިގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ސަރުކާރުން ގާއިމްކުރި އެއްބަސްވުންތަކަކާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ބުނާއިރު، އެ އެގްރިމަންޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑްރާފްޓް ކުރެވުނު އެގްރިމަންޓެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ އިންޑިއާ ނުވަތަ އިންޑިއާގެ މިލިޓަރީއާ ގުޅޭގޮތުން ކުރިއަށްގެންދާކަމެއް ނޫންކަމަށެވެ. އަދި އެއީ ކޯވިޑާއެކުވެސް ސަރުކާރުން ގައުމުގެ ހުރިހާ ކަމެއް ފުރިހަމައަށް ގެންދާތީ، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ނަފްރަތު އުފައްދާނެ އެހެން އެއްވެސް ގޮތެއް ނުލިބިގެން ރައީސް ޔާމިން ފަށްޓަވައިގެން އުޅުއްވާ ހަރަކާތެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އިންޑިޔާގެ މިލިޓަރީ މީހުން ރާއްޖޭގައި އެކިއެކި ސަބަބުތަކަށްޓަކައި، ރާއްޖެއިން އެދިގެން އެކިއެކި މަސައްކަތްތައް ކޮށްދިނުމަށްޓަކައި އަބަދުވެސް ރާއްޖޭގައި ތިބޭކަމަށާއި ހަމައެގޮތަށް ރާއްޖޭގެ މިލިޓަރީގެ މީހުންވެސް ގައުމުތަކުގައި އެކިއެކި ބޭނުމަށް ތިބޭކަމަށެވެ. ނަމަވެސް އެއީ "މިލިޓަރީ ޕްރެޒެންސް" އެއް ނޫންކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މިލިޓަރީ ޕްރެޒެންސެއް އެހެން ގައުމެއްގައި އޮންނައިރު އަޅުގަނޑުމެންނަށް ފެންނާނެ އެގައުމެއްގެ މަގުމަތީގައި ބަޑި ހިފައިގެން ތިބޭ ސިފައިން، ޔުނީފޯމް އަޅައިގެން.. އެހެންވީމަ މިލިޓަރީ ޕްރެޒެންސާއި އެކިއެކި ޓްރެއިނިންގތަކަށާއި މަސައްކަތްތަކަށް އެކިއެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭން ރާއްޖެއިން އެދިގެން އިންޑިޔާ ސިފައިންގެ ބަޔަކު ތިބުން އެއީ ވަރަށް ތަފާތު ދެ ކަމެއް." ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ވާހަކަފުޅުގައި ވަނީ ސަރުކާރަށް ޖެއްސުންކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް ޔާމީން މަސައްކަތްކުރައްވާނަމަ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބިކަމަށް ސަރުކާރުންވެސް ވަނީ އެއްބަސްވެފައެވެ. މިކަމުގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނީ ސިފައިން ތިބި ބޭނުމާއި އެކަމާއި ގުޅޭ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދާތީ ކަމަށް ބުނެއެވެ. ސަރުކާރުން ބުނަނީ ރާއްޖެއަށް ގެއްލުންވާގޮތަށް އެއްވެސް އެއްބަސްވުމެއް، އެއްވެސް ގައުމަކާއެކު ގާއިމްކޮށްފައި ނޯންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު