ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަން ބޭނުންވަނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިއްމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. ކައުންސިލްތަކުގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުން ކުރިއަށް ގެންދިޔަ މިއަދުގެ ޖަލްސާ ނިންމަވާ ލައްވަމުން ރައީސް ނަޝީދު ވަނީ އަދިވެސް މައްސަލައިގައި ބަހުސް ކުރަށްވަން ބޭނުންވާ މެމްބަރުން ތިއްބެވި ކަން ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މާދަމާގެ މަޖިލީހުގައި ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލައަށް ބަހުސްކޮށް މުޅިން ނިންމާލެވޭނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިމައްސަލައިގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމަވާލެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ބަލިމަޑުކަމުގެ ހާލަތެއްގައި ވެސް މަޖިލީހުގެ މެންބަރުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ މަސައްކަތެއް ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
މެމްބަރުންނަކީ ރައްޔިތުންގެ ވަކީލުން ކަމަށާއި، ރައްޔިތުންގެ ފަރާތުން ދައްކަންޖެހޭ ވާހަކަ މެމްބަރުން މަޖިލީހުގައި ދައްކަވާނެ ކަމަށްވެސް ޖަލްސާ ނިއްމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މި ރާއްޖެ އަލުން އަނބުރާ ހުޅުވިގެން މި ރޯގާއާ އެކު އުޅެން ޖެހޭނެ ކަން އެބަ އެނގޭ. ރައްޔިތުންނަށް އެ މިސާލު ދައްކަން މި މަޖިލީހުގެ މެންބަރުންނަށް ވުރެ ވަކި މުހިއްމު ބައެއް ނެތް." ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު