އަހުމަދު މަސްނޫމް   17 ފެބްރުއަރީ 2022 - 17:59
ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަޙްމަދު، އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ލޯޑު ޠާރިޤް އަޙްމަދު ރާއްޖެ ވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެމަނިކުފާނު މިއަދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އައްޑޫ ސިޓީން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާއެވެ.

އައްޑޫ ސިޓީ ގަން އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވިީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރާއި އައްޑޫ ސިޓީ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނެވެ.

ތޯރިގު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޮސްލާވެސް ބައިވެރިވެވަޑައިގަންނަވައެވެ. އޭނާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުމުގެ އިތުރުން އައްޑޫގައި އިނގިރޭސީން ކުރިން އުޅުނު ތާރީހީ ތަންތަނަށް ޒިޔާރާތް ކުރައްވާނެއެވެ.



ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ލޯޑު ޠާރިޤް އަޙްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއެކު ބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ދެމެދުގައިވާ ގުޅުމަށް އާ ރޫޙަކާއެކީ، އިތުރަށް ވަރުގަދަވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރުން، ދިވެހިރާއްޖެއަށް، ދިފާޢީ އަދި ސަލާމަތީ ރޮނގުން، ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެކަމަނާވަނީ އިނގިރޭސި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް