ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ޓްރަޔަލެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ގޮތުން، އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. އަދި ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އައިމަން އާދަމްއެވެ.
މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭނެއެވެ. އަދި ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ޙާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމް ވަނީ ހަމަޖެހިފައިކަމަށް ކަރެކްޝަނުން ބުނެއެވެ،
ކަރެކްޝަނުން ބުނީ މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންކަމަށެވެ. އަދި މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެކަމަށް ކަރެކްޝަނުން ބުނެއެވެ. ކަރެކްޝަނުން ބުނީ މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއްކަމަށެވެ.

ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯރން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފަށަނީhttps://t.co/BN7oeWuxZj pic.twitter.com/Bjhmjf6kNh
— Maldives Correctional Service (@CorrectionsMv) February 17, 2022
މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ. މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒަރ ފޯރުކޮށްދޭނެއެވެ. އަދި ޓޭޒަރ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ޙާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމް ވަނީ ހަމަޖެހިފައިކަމަށް ކަރެކްޝަނުން ބުނެއެވެ،
ކަރެކްޝަނުން ބުނީ މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންކަމަށެވެ. އަދި މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެކަމަށް ކަރެކްޝަނުން ބުނެއެވެ. ކަރެކްޝަނުން ބުނީ މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުޙިއްމު ދައުރެއް އަދާކުރާނެ ފިޔަވަޅެއްކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު