ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 14.2 ކިލޯ މީޓަރުގެ މަގު ތާރު އެޅުމަށްވަނީ ހަމަޖެހިފައިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތަަކުގައި ތާރު އެޅުމުގެ މަސައްކަތް ފުލް ގިއަރުގައި ކުރިއަށްދާކަމަށެވެ. އަދި ސްޓޭޖް 2ގެ ދަށުން 23 މީޓަރުގެ އެސްފަލްޓް ޓްރަޔަލް މިކްސް އަޅާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން މިމަސައްކަތްތައް އެއްވެސް ދަތިކަމެއް ނެތި ބާރަށް ކުރިއަށްދާކަންވެސް އެޗްޑީސީން ފާހަގަކުރެއެވެ.



ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތާއި ސްކޫލާއި ބަހުގެ ހިދުމަތާއި ފިހާރަތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް