އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ދައުވާ ލިބޭ ބަންގަލްދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އަށް މަރުގެ އަދަބު ދޭން ބޭނުންވާ ކަމަށް މަހުމޫދުގެ ހުރިހާ ވާރިސުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ވާރިސުން މިގޮތަށް އެދިފައިވާއިރު ސާލިމް ވަނީ އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި މަހުމޫދު މަރާލި ކަމަށް ކޯޓުގައި އެއްބަސްވެފައެވެ.
މީގެ ކުރިން ފުލުހުން ކުރި ތަހުގީގުގައި ވެސް ގަސްދުގައި މަހުމޫދު މަރާލިކަމަށް ސާލިމް އެއްބަސްވި އިރު ކްރިމިނަލް ކޯޓުގައި ޖަނަވަރީ 19 ވަނަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް އޭނާ ވަނީ ކުށަށް އެއްބަސްވެފައެވެ. އަދި އަދަބު ލުއިކޮށްދޭން އެއްބަސްވުމެއް ހަދަން އެދުނު ނަމަވެސް މަހުމޫދުގެ ވާރިސުން ވަނީ އެއްބަސްވުން ހެދުމާ ދެކޮޅު ހަދައި މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ އެއްބަސްވުން ނަހަދަން ދައުލަތުން ވަނީ ނިންމާފައެވެެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތުގައި ވާހަކަ ދައްކަމުން ޝާ އަލޮމް ބުނީ އޭނާ މި އަމަލު ހިންގީ ޝައިތޯނާ ބޮލަށް ވަދެގެން ކަމަށެވެ. އަދި ކުށަށް އިތުތިރާފުވެ މާފަށް ވެސް އެދި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.
މަހްމޫދު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދަނގެތީގެ މެދަށްވާ ގޮތަށް ހުންނަ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅެއްގެ ތެރޭގައި އޮއްވަ އެވެ. ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޝާ އަލޮމް ނުވަތަ ސާލިމް މަހުމޫދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އޭނާ ދިރިއުޅޭ އެރަށު ނެދުންގެއަށް ގެންގޮސް މަހުމޫދު ކައިރިން ފައިސާއަށް އެދުމުން އެކަމަށް އިންކާރުކުރުމާ ގުޅިގެން ހިނގި ކުރިމަތިލުމެެއްގެ ތެރެއިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު