ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ދުވަހު ކުއްޔަށްދޭ މައްސަލަ ހައުސިން މިނިސްޓްރީން ބަލަން ފަށައިފިއެވެެ.

ހިޔާ ފްލެޓްގައި ހުރި އެ އެޕާޓްމަންޓެއްގެ މަސައްކަތް ނިންމައި އެތަން ކުއްޔަށް ދިނުމަށް އައިބޭގައި މީހަކު އިއްޔެގެ ވަގުތެއްގައި ވަނީ ޖަހާފައެެވެ. އެ ޕޯސްޓްގައި ބުނެފައިވަނީ ހިޔާ ފުލެޓުން އޭސީ ކޮށްފައި ހުންނަ ކޮޓަރިއެއް ކުއްޔަށް ދޫކުރަނީ 650ރ އަށް ކަމަށެވެ. އަދި އޭސީ ނުކޮށް ހުންނަ ކޮޓަރިއެއް 450ރ އަށް ކުއްޔަށް ދޫކުރާނެ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، އައިބޭގައި ކޮށްފައިވަނީ ސައްހަ ޕޯސްޓެއްތޯ ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އެފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ ފްލެޓް ކުއްޔަށް ދޭކަން ސާބިތުވެއްޖެ ނަމަ ފްލެޓް އަތުލެވޭނެ ކަމަށް އޮތަސް، އެ ކަންކަން ތަންފީޒު ނުކުރެވޭ ކަމަށެވެެ. އަދި ހިޔާ ފުލެޓް ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ތަކަތުވާ

19-Feb-2022

ޙިޔާފްލެޓް އެކަނިތޯ ކުއްޔަށް ދިނުން މަނަލީ . ހުރިހާ އިރެއްގަ ދޫކުރި ގިނަ ފްލެޓްތައް ހުރީ ކުއްޔަށްދޫކޮށްފަ .


6

ދެވޭނެ

19-Feb-2022

ކޮބާތޯ މައްސަލައަކީ! ކުއްޔައް ދެވޭނެ! ސަރުކާރުން ހިޔާގެ ފުލެޓުތައްދީފައިވަނީ އެފުލެޓު ބޭނުންވާ މީހުނަކަށްނޫން. ދެން މިވެރިން މިފުލެޓުތަކުން ކުރަންވީ ކީއްތޯ! ކުއްޔަށް ނޫންތޯ ދޭންވީ



ފަހުގެ ލިޔުންތައް