އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސުން 2021 ވަނަ އަހަރު އެންމެ ރަނގަޅަށް ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ.
އެސްޓީއޯއިން ކޮންސްޓްރަކްޝަން އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 2021 ވަނަ އަހަރުގެ އެންމެ ރަނގަޅު 5 އެޖެންޓުން ވަނީ ހޮވާފައެވެ. އެފަރާތްތަކަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާގެ ގިފްޓް ވައުޗަރއެއް އެސްޓީއޯއިން ވަނީ ހަވާލުކޮށްފައެވެ.
މި ގިފްޓް ވައުޗަރތައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ މުހައްމަދު އީމާނެވެ.
އެސްޓީއޯއިން ބުނީ 2021 ވަނަ އަހަރުގެ ޖޫން މަހު އެސްޓީއޯއިން ތައާރަފުކުރި “ކޮންސްޓްރަކްޝަން އެޖެންޓު” ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެންމެ ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ ގޮތް މަގުފަހިވެ، އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.
އެސްޓީއޯއިން ކާމިޔާބު ކަމާއެކު މިހާރު ކުރިއަށްދާ މިވިޔަފާރީގައި 17 އަތޮޅެއްގައި 58 ކޮންސްޓްރަކްޝަން އެޖެންޓު ހަރަކާތްތެރިވެއެވެ.

We are thrilled to acknowledge the 5 best construction agents for the year 2021.
— STO (@stoplc) February 17, 2022
Extending our warmest congratulations to these agents ☺️🎊@STOconstruction #HappeningNow pic.twitter.com/W1zpJoJFcG
އެސްޓީއޯއިން ބުނީ 2021 ވަނަ އަހަރުގެ ޖޫން މަހު އެސްޓީއޯއިން ތައާރަފުކުރި “ކޮންސްޓްރަކްޝަން އެޖެންޓު” ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެންމެ ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ ގޮތް މަގުފަހިވެ، އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.
އެސްޓީއޯއިން ކާމިޔާބު ކަމާއެކު މިހާރު ކުރިއަށްދާ މިވިޔަފާރީގައި 17 އަތޮޅެއްގައި 58 ކޮންސްޓްރަކްޝަން އެޖެންޓު ހަރަކާތްތެރިވެއެވެ.
ކިޔުންތެރިންގެ ހިޔާލު