ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރަން އުނދަގޫވަނީ ގެދޮރު ވިޔަފާރިއަކަށް ހަދާތީ ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓްތައް ލިބޭ ފަރާތްތަކުން އެތަންތަނުގައި ދިރިނޫޅެ އެ ތަންތަން ކުއްޔަށް ދޭ މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ހިޔާ ފްލެޓްގައި ހުރި އެ އެޕާޓްމަންޓުގެ މަސައްކަތް ނިންމައި އެތަން ކުއްޔަށް ދިނުމަށް އައިބޭގައި މީހަކު އިއްޔެގެ ވަގުތެއްގައި ވަނީ ޖަހާފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގައި އިސްކޮށް މީގެ ކުރިން ޙަރަކާތްތެރިވެވަޑައިގެންނެވި ނަފާ ނަސީމް ވިދާޅުވީ ބައެއް މީހުން ގެދޮރު ހޯދަނީ ބޯހިޔާވަހިކަން ހޯދުމަށް ނޫން ކަމަށެވެ. ބޯހިޔާވަހިކަން ހޯދުމުގެ ބަދަލުގައި ބައެއް މީހުން ރިއަލްއެސްޓޭޓްގޮތަށް ވިޔަފާރިން އާމްދަނީ ހޯދުމަށް ގެދޮރު ހޯދާ ކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.
"ގެދޮރުގެ ދަތިކަން ހައްލުކުރަން ދަތިވަނީ އެހެންވީމަ،" ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވިއެވެ.
ހިޔާ އިން ކޮޓަރިއެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އައިބޭގައި ޖަހާފައިވާ އެ ޕޯސްޓްގައިވަނީ ހިޔާ ފުލެޓުން އޭސީ ކޮށްފައި ހުންނަ ކޮޓަރިއެއް ކުއްޔަށް ދޫކުރަނީ 650ރ އަށް ކަމަށެވެ. އަދި އޭސީ ނުކޮށް ހުންނަ ކޮޓަރިއެއް 450ރ އަށް ކުއްޔަށް ދޫކުރާނެ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، އައިބޭގައި ކޮށްފައިވަނީ ސައްހަ ޕޯސްޓެއްތޯ ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބައެއް މީހުން ގެދޮރު ހޯދަނީ ބޯހިޔާކުރާކަށް ނޫން. ރިއަލްއެސްޓޭޓްގޮތަށް ވިޔަފާރި އާމްދަނީ ހޯދަން.
— NafaNaseem (@monasibnaseem) February 17, 2022
ގެދޮރުގެ ދަތިކަން ހައްލުކުރަން ދަތިވަނީ އެހެންވީމާ..
...ދީ؟!
"ގެދޮރުގެ ދަތިކަން ހައްލުކުރަން ދަތިވަނީ އެހެންވީމަ،" ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް އޭރު އެމްޑީޕީން ބޭއްވި ގިނަ މުޒާހަރާތަކުގައިވެސް އަޑު އުފުއްލަވާފައިވާ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވިއެވެ.
ހިޔާ އިން ކޮޓަރިއެއް ކުއްޔަށް ދޭނެ ކަމަށް ބުނެ އައިބޭގައި ޖަހާފައިވާ އެ ޕޯސްޓްގައިވަނީ ހިޔާ ފުލެޓުން އޭސީ ކޮށްފައި ހުންނަ ކޮޓަރިއެއް ކުއްޔަށް ދޫކުރަނީ 650ރ އަށް ކަމަށެވެ. އަދި އޭސީ ނުކޮށް ހުންނަ ކޮޓަރިއެއް 450ރ އަށް ކުއްޔަށް ދޫކުރާނެ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، އައިބޭގައި ކޮށްފައިވަނީ ސައްހަ ޕޯސްޓެއްތޯ ބަލަމުންދާ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު އަޅާނެ ފިޔަވަޅަކާ މެދު ގޮތެއް ނިންމާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު