އަހުމަދު މަސްނޫމް   18 ފެބްރުއަރީ 2022 - 1:40
މާލޭގައި ތަރައްގީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އޮންލައިންކޮށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2429 ފޯމް ހުށައަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމަށް ހުށައެޅުމަށް ފުރުސަތު ހުޅުވާލީ މިއަދު މެންދުރު ފަހު ދޭކުން ހަވީރު ހަޔަކަށެވެ. މާލޭ ސިޓީކައުންސިލްގެ ފޯޓަލް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު ހައެއް ޖެހުމާއެކު ފޯޓަލް ބަންދުކުރިއިރު 2429 މީހަކު ފޯމް ހުށައަޅާފައިވާ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެ އެވެ.

މާލޭ ސިޓީކައުންސިލުން ބުނީ ހުށައަޅާފައިވާ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ސްލޮޓް ކުއްޔަށް ދިނުމަށް އެންމެ ފުރަތަމަ ހުޅުވާލުމުން 969 މީހަކު ކުރިމަތިލައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެެވެ.

ސިޓީ ކައުންސިލުން ބުނީޕާކިން ސްލޮޓްތަކުގައި ޕްރައިވެޓް ކާރެއް ޕާކް ކުރުމަށް މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެ ކަމަށެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް ވަނީ ނިއްމާފައެެވެ. ޕާކީން ސޮލްޓްގައި ޓެކްސީއެއް ބާއްވާނަމަ ދައްކަނީ މަހަކު 750 ރުފިޔާގެ ފީއެެކެވެ.



ކިޔުންތެރިންގެ ހިޔާލު


3

ރަޝީދު

19-Feb-2022

ތިޔައީ ސިޓީކައުންސިލުން ހިންގި އެންމެބޮޑު އެއްޖަރީމާ



ފަހުގެ ލިޔުންތައް