އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް ޔާމީން އެހިންގަވާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚެއްގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފަ ކުރައްވައިފިއެެވެ.
އެކަމަނާ މިހެން ވިދާޅުވީ، "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީން ބޭއްވި ބައްދަލުވުމަށް ޙާޒިރުވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، މިކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަޙައްދީ ޤައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަޙައްދީ ސަލާމަތީ މަޞްރަޙަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ޤައުމީ ދިފާއާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށެވެ.
މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެވަޑައިގަންނަވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
"ވަކި ގައުމެއްގެ މީހަކަށް ވީތީ ދިމާކޮށްލައިގެން ކަންކަން ކުރެވޭނަމަ އޭގެ ސަބަބުން ގެއްލުންތައް ހަމަ ރައްޔިތުންނަށްވާނެ، ގައުމީ ސަލާމަތަށް ނުރައްކާވާނެ ރައްޔިތުންނަށް ވާ ނުރައްކަލަކީ ގައުމީ ސަލާމަތަށްވެސް ވާ ނުރައްކާ. އެއީ ދެ ގައުމުގެ ވެސް ނުރައްކާ ސަރަހައްދުގެ ނުރައްކަލަށް ވެސް ވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި، ސަލާމަތީ ބާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން މިނިސްޓްރީ އޮފް ޑިފެންސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭފުޅުންނާ ބައްދަލުކުރުން
— People's Majlis (@mvpeoplesmajlis) February 17, 2022
އޯޑިއޯ:https://t.co/vsZeS8vITb pic.twitter.com/jXZxn9OSzC
މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާޤުވެވަޑައިގަންނަވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
"ވަކި ގައުމެއްގެ މީހަކަށް ވީތީ ދިމާކޮށްލައިގެން ކަންކަން ކުރެވޭނަމަ އޭގެ ސަބަބުން ގެއްލުންތައް ހަމަ ރައްޔިތުންނަށްވާނެ، ގައުމީ ސަލާމަތަށް ނުރައްކާވާނެ ރައްޔިތުންނަށް ވާ ނުރައްކަލަކީ ގައުމީ ސަލާމަތަށްވެސް ވާ ނުރައްކާ. އެއީ ދެ ގައުމުގެ ވެސް ނުރައްކާ ސަރަހައްދުގެ ނުރައްކަލަށް ވެސް ވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި، ސަލާމަތީ ބާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ހިޔާލު