ކުރީގެ ރައީސް އަބުދު ﷲ ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިން މިހާރު އޮތް ހިސާބުން ނުނިންމަވާނެ ކަމަށާ ދެން އޮންނާނީ ބަންގްލަދޭޝްއާއި ލަންކާ ފަދަ ގައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރުވާލުމަށް ހަރަކާތްތަކެއް ފެށުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެެވެ.
މާރިޔާ މިހެން ވިދާޅުވީ "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހި ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި "އިންޑިއާ އައުޓް" ކެމްޕެއިނުން އެކަން އިތުރަށް ހާމަވެގެންދާ ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕެއިންގެ ހަގީގީ މަގުސަދަކީ ވެރިކަމުގައި ހުންނަވާ ރައީސް ޔާމީން ހިންގެވި ޖަރީމާތައް ފޮރުވާ އެ ކަންކަމުގެ އަޑު ކަނޑުވާލުން ކަަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މިއީ މިނިވަން ނޫސްވެރި ކަމަށް ހުރަސް އަޅާ އަދި އެތައް ލީޑަރުންނާއި ދިވެހި ރައްޔިތުން ހިފާ ހައްޔަރުކޮށް ހިންގި ކުށްތައް ފޮރުވަން ހީލަތްތެރި ގޮތުގައި ހިންގޭ ކެމްޕެއިނެއް ކަަމަށްވެސް މާރިޔާ ސިފަކުރެއްވިއެވެ.
މާރިޔާ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އެކި ކަހަލަ ނުރައްކާތައް ކުރިމަތިވެ، އެ މީހުން ވެސް ތިބީ ބިރުވެރިކަމެއްގައި ކަމަށެވެ.
"މިނިވަންކަމުގެ ސުޕަ ސްޓާރު ކަމުގައި މިއަދު ހެދިގެން ހުންނަވައި، މިއަދު އެ ހިންގަވާ އިންޑިއާ އައުޓް ސްލޯގަނުން ރައްޔިތުން ނިކަމެތިވެ، އަޅުވެތިވާނެ ހުރިހާ ގޮތަކަށް އެބަ މަސައްކަތް ކުރައްވާ،" ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު މާރިޔާ ވިދާޅުވީ އުތުރު ތިލަފަޅަށް ހިނގަނީ ރާއްޖޭގެ ބާރު ކަމަށެވެ. އުތުރު ތިލަފަޅު އިންޑިއާއިން ތަރައްގީކުރަނީ އެ ގައުމުގެ ބާރު ހިނގާ އަސްކަރީ މަރުކަޒެއްގެ ގޮތުގައިކަމަށް ވިދާޅުވެ ރައީސް ޔާމިން ހެއްދެވީ އިތުރުފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ސިއްރު ލިޔުންތައް އެގޮތަށް ހާމަކުރަމުން ދިއުމަކީ ވެސް ގައުމުތަކުން ރާއްޖެއާ އެފަދަ މުއާމަލާތްތައް ކުރަން ޖެހިލުންވާނެ ސަބަބެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު އަނބުރާ ގެންދަން ޔާމީންގެ ވެރިކަމުގައި އެދިވަޑައިގަތަސް، އެ ހެލިކޮޕްޓަރުގެ ސަބަބުން އެތައް ފައިދާތަކެއް ލިބުނުކަން އިންޑިއާ ސަރުކާރަށް އޭރު ރާއްޖެއިން ފޮނުވި ސިޓީގައި ބުނެފައި އޮތް ކަމަށެވެ. އަދި ހެލިކޮޕްޓަރު ގެންދަން އެދުނީ ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ކަންބޮޑުވެގެން ނޫން ކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި ދިވެހި ސިފައިންނަށް ވެސް އެފަދަ އަމުރެއް ކުރައްވާފައި ނުވާކަން ވެސް މާރިޔާ ވަނީ ފާހަަގަކުރައްވާފައެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެދެޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު