ރޯދަމަސް އަންނަންވާއިރަށް ވިޔަފާރިތަކަށް ހުރި ދަތިތައް ފިލުވައިދެއްވުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވެފައި މިވަނީ ރޯދަމަސް އަންނަން ކުޑަދުވަސްކޮޅަކަށްވެފައި، ވާއިރު މާލޭގައި މުދާ އުފުލައި ބޭލުމުގައި ވަރަށް ބޮޑަށް ދަތިވެ ވިނަ ވިޔަފާރިވެރިންގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
މޫސަ މިއަދު ވަނީ ރޯދަމަސް ކައިރިވަމުން އަންނައިރު މާލޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ދަތިތަކާއި އުނދަގޫތައް ފިލުވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ވެހިކަލްތަކަށް މުދާއަރުވާ ބޭލުމަށް ޚާއްސަކޮށްފައިވާ ތަންތަނުގައި ޢާއްމުކޮށް ވެހިކަލް ޕާކްކުރުން ހުއްޓުވައި ދެއްވުމަށް މޫސަ އެދިވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ވެގެންދަނީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ވަރަށް ބޮޑުވެގެންދާ މައްސަރަކަށެވެ. މީގެއިތުރުން މަގުމަތީގެ ޓްރެފިކް އިތުރުވެ އެކްސިޑެންޓްތައްވެސް އެމަހު މާބޮޑަށް ގިނަވެގެންދާކަން ފާހަގަކުރެވެއެވެ.

ރޯދަމަސްއަންނަނީ
— Moosa Maniku (Reeko) (@ReekoMoosa) February 17, 2022
މާލޭގެވިޔަފާރި ކުރާފަރާތްތަކަށްހުރި ދަތިތަކާ އުނދަގޫތަށް ފިލުވާދެއްވާ! މުދާ އެއްތަނުން އަނެއްތަނަށްގެންދިއުމަށް ވެހިކަލްތަކަށްމުދާއަރުވާ ބޭލުމަށްޚާއްސަކޮށްފައިވާ ތަންތަނުގާ ޢާއްމުކޮށްވެހިކަލް ޕާކްކުރުން ހުއްޓުވާދެއްވާ.އިންތިޒާމްކޮށދެއްވާ @MaleCitymv
މޫސަ މިއަދު ވަނީ ރޯދަމަސް ކައިރިވަމުން އަންނައިރު މާލޭގެ ވިޔަފާރިކުރާ ފަރާތްތަކަށް ހުރި ދަތިތަކާއި އުނދަގޫތައް ފިލުވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން މުދާ އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ވެހިކަލްތަކަށް މުދާއަރުވާ ބޭލުމަށް ޚާއްސަކޮށްފައިވާ ތަންތަނުގައި ޢާއްމުކޮށް ވެހިކަލް ޕާކްކުރުން ހުއްޓުވައި ދެއްވުމަށް މޫސަ އެދިވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ވެގެންދަނީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ވަރަށް ބޮޑުވެގެންދާ މައްސަރަކަށެވެ. މީގެއިތުރުން މަގުމަތީގެ ޓްރެފިކް އިތުރުވެ އެކްސިޑެންޓްތައްވެސް އެމަހު މާބޮޑަށް ގިނަވެގެންދާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު