އިންޑިއާ އައުޓް ކެމްޕެއިނުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެމްއެންޑީއެފްގެ އިސްވެރިން ވިދާޅުވުމުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެކަމަށް ހޫނު ރައްދެއް ދެއްވައިފިއެެވެ.
އިންޑިޔާ އައުޓް ކެމްޕޭނުން ލިބޭ ގެއްލުންތައް ދެނެގަތުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި މައްސަލަ ދިރާސާ ކުރުމަށް ރޭ ކުރިއަށް ގެންދިޔަ 241 ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ.
އެކަމާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މޮސްޓާ ވިދާޅުވީ އިންޑިއާ އައުޓްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނާނަމަ، ނުރައްކާވަނީ ކިހިނެއްކަން ދިވެހި ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ. ސަރުކާރުން އުޅެނީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެެ.
"ތިއުޅެނީ ލިބޭ ބޮނޑިވަރު ގިނަކަމުންނާއި، ތިމާމެން ބާރު ގެއްލިގެން ހިނގައިދާނެތީ." މާރިޔާއަށް ފާޑުވިދާޅުވަމުން މޮސްޓާ ވިދާޅުވި އެވެ.
މޮސްޓާ ވަނީ ކުޑަކުދިންގެ ކައިރީގައި ދައްކާ ކަހަލަ ވާހަަކަ ނުދައްކައި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް މާރިޔާ އަށް ގޮވާލައްވާފައެެވެ.
ރޭގެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އިތުރަށް ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕެއިނަކީ ދިވެހިންނާއި ގައުމަށް ނުރައްކާވާ ގޮތަށް މިފަހުން ކުރިއަށް ގެންދާތަން ފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަނީ ކާކުގެ ސަބަބުންކަން ސާފުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ރޭގެ ކޮމިޓީގައި ސުވާލު ކުރެއްވުމުން ޑިފެންސް މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސުން އެ ސުވާލަކަށް ޖަވާބު ދެެއްވާފައެއް ނުވެއެވެ.

އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގަ ގޯހެއް ނޫޅޭނަމަ އިންޑިއާ އައުޓް ކެމްޕެއިން އިން ޤައުމީ ސަލާމަތަށް ނުރައްކާވާން ޖެހޭ ސަބަބެއް ނުވިސްނޭ. ކުޑަކުދިންގާތު ދައްކާކަހަލަ ވާހަކަ ނުދައްކާ އިންޑިއާ ސިފައިން ބޭރުކުރޭ!
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) February 18, 2022
ރައްޔިތުން ނުކުމެ ބޭރު ކުރަން ވީމަ މަންޒަރު ރީޗެއްނުވާނެ
"ތިއުޅެނީ ލިބޭ ބޮނޑިވަރު ގިނަކަމުންނާއި، ތިމާމެން ބާރު ގެއްލިގެން ހިނގައިދާނެތީ." މާރިޔާއަށް ފާޑުވިދާޅުވަމުން މޮސްޓާ ވިދާޅުވި އެވެ.
މޮސްޓާ ވަނީ ކުޑަކުދިންގެ ކައިރީގައި ދައްކާ ކަހަލަ ވާހަަކަ ނުދައްކައި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް މާރިޔާ އަށް ގޮވާލައްވާފައެެވެ.
ރޭގެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ އިތުރަށް ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕެއިނަކީ ދިވެހިންނާއި ގައުމަށް ނުރައްކާވާ ގޮތަށް މިފަހުން ކުރިއަށް ގެންދާތަން ފެނުނު އެންމެ ނުރައްކާތެރި ކެމްޕެއިން ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވަނީ ކާކުގެ ސަބަބުންކަން ސާފުކޮށްދިނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ރޭގެ ކޮމިޓީގައި ސުވާލު ކުރެއްވުމުން ޑިފެންސް މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސުން އެ ސުވާލަކަށް ޖަވާބު ދެެއްވާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު