ރުހުނަސް، ނުރުހުނަސް ހައްގުުވާނީ ހައްގަށްކަމަށާއި ބާތިލު ވާނީ ބާތިލަށްކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ކިތަންމެ ބަޔަކު ނުރުހުނަސް، ހުތުރުބަސް ރައްދުކޮށް މަލާމާތާއި ފުރައްސާރަކުރިޔަސް ހައްގުވާނީ ހައްޤަށްކަމަށެވެ. އަދި ކިތަންމެ ގިނަ ބައެއްގެ ރުހުމާއި ތާއީދު ލިބުނަސް ސަނާ ކިޔާ ހިތްވަރުދީ ކުރިއަރުވަން މަސައްކަތްކުރިޔަސް ބާތިލުވާނީ ހަމަ ބާތިލަށްކަމަށް އިމްރާން ވިދާޅުވިއެވެ.



އިމްރާން މި މޭމެރުމުން ވާހަކަދައްކާވާފައި މިވަނީ ސީދާ ކީއްވެކަމެއް ނޭނގެއެވެ.

ނަމަވެސް މިދުވަސްވަރަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިމްރާނަށްވެސް ފާޑު ކިޔުން އަމާޒުވަމުންދާ ދަނޑިވަޅެކެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު މީހުން ރާއްޖެއިން ފޮނުވާލުމަށް ގޮވާލާ އިސްވެ މުޒާހަރާތައް ބޭއްވުމަށްފަހު، މިއަދު އިމްރާންގެ ރާގު ބަދަލުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިމްރާންގެ މި ބަސްކޮޅަކީ އެފަދަ ފަރާތްތަކަށް އަމާޒުކޮށް ދެއްވި ރައްދެއް ކަމަށްވެސް ވެދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ސާލް

19-Feb-2022

މަނިކުފާނަކީ މިހާރު ބާތިލް މީހެއް. ޔުމްނާ ފަހަރެއްގަ ހައްގުމީހަކަށް ވެދާނެތޯއްޗެއް



ފަހުގެ ލިޔުންތައް