އދއާއި ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތައް ގުޅިގެން މަސައްކަތްކުރުމަކީ އެކަމުގެ ސަބަބުން ޤައުމުތަކުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން، އައިޕީޔޫއާއި އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ގުޅިގެން ބޭއްވި "ޕާލިމެންޓަރީ ހިއަރިންގ 2022" ގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރަށްވުރެ ގިނަ ދުވަހު މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ ދިގު މުއްދަތުގައި ސަރަހައްދީ ޕާލިމެންޓްރީ ގްރޫޕްތަކާއި އައިޕީޔޫގެ އެކި ބައްދަލުވުންތަކުގައި ބައިވެރިިވެވަޑައިގެންނެވިކަމަށާއި، އެހެންކަމުން ޤާނޫނު ހަދާ މަޖިލީހަކީ އެމަނިކުފާނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަަށް ވިދާޅުވިއެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެމްބަރުންނާއި ބައްދަލުކޮށް، މަޖިލިސްތަކުގެ އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަކީ އަޅުގަނޑު އަބަދުވެސް މަރުހަބާ ކިޔާނެކަމެއް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ އައިޕީޔޫގެ މަސައްކަތްތަކަށް ތައުރީފްކުރައްވައި، ކުރިއަށް އޮތްތަނުގައި އައިޕީޔޫއާއި އދގެ ގުޅުން ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ އދގެ އެކި ނިންމުންތައް ނިންމާއިރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުން ދެކޭގޮތާއިމެދު ރިޔާއަތްކުރުން މުހިއްމުކަމަށެވެ. އެއީ ޤާނޫނު ހަދާ މަޖިލިސްތަކަކީ އދގެ ނިންމުންތައް ޤައުމުތަކުގެ ޤާނޫނުތަކަށް ހެދުމުގެ މަސައްކަތްކުރާނެ ފަރާތްތަކަށްވާތީކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޤާނޫނު ހަދާ މަޖިލިސްތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އދ އާހަމައަށް ގެނެސްދޭ ވަސީލަތެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ހާއްސަގޮތެއްގައި ދުނިޔެއަށް އެކި ގޮތްގޮތުން ދަތިތައް ކުރިމަތިކުރުވާފައިވާ ކޯވިޑްފަދަ ބަލިމަޑުކަމެއްގައި އުޅޭއިރު އދއާއި މަޖިލިސްތަކުގެ ގުޅުމުގެ މުހިއްމުކަން ބޮޑުކަމަށެވެ.
އިންޓަރ ޕާލިމެންޓަރޫ ޔޫނިއަން، އައިޕީޔޫއާއި އދގެ އާއްމު މަޖިލީހުގެ ރައީސްގެއޮފީހުން ގުޅިގެން ބޭއްވި "ޕާލިމެންޓަރީ ހިއަރިންގ 2022" ގައި ކޯވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިންވެސް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު