އަހުމަދު މަސްނޫމް   18 ފެބްރުއަރީ 2022 - 18:34
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ވެރިޔަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސައިފިއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިފެންސްގެ އިންޓެލިޖެންސް ސާވިސްގެ ކޮމާންޑަރަކަށް، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ ހަމަޖައްސާފައިވަނީ މީގެ މަހެއްހާ ދުވަސްކުރިންނެވެ.

މީގެކުރިން އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއް ލަތީފެވެ. ނަމަވެސް އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ އެންމެ އިސްވެރިޔާގެ މަޤާމަށް ބަދަލުގެނައި ސަބަބެއް ނޭނގެއެވެ.

ކާނަލްގެ މަގާމުން ބްރިގޭޑިއާ ޖެނެރަލްގެ މަގާމަށް ޒުހުރީ ޕްރޮމޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެކުރިން އޭނާ ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަދި ޕްރެޒިޓެންޝަލް ގާޑުގެ އިތުރުން ސަދަން އޭރިޔާގެ ކޮމާންޑިން އޮފިސަރުގެ މަޤާމު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު