ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާއިރު ބަލަން ނުތިބޭނެ ކަމަށް ވިދާޅުވެ އެފަދަ އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓަރު އިމްރާން ދެއްވައިފިއެެވެ.

އިމްރާން މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލުމާ ގުޅިގެން އެކަން ކުށްވެރިކުރައްވަމުންނެެވެ. އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދެއް އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މިކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.



ފުލުހުންގެ އިދާރާ އިން ބުނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުހަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެ ފުލުސް މީހާގެ ސައިކަލުގައި ރޭ ދަންވަރު އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.



ކިޔުންތެރިންގެ ހިޔާލު