ޑްރަގާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ފުލުސް އޮފިސަރާއި ވާހަކަދެއްކި ކަމަށާއި މިލަދޫ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އޭނާ ކުރި ހިތްވަރު ގަދަ މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށެވެ.



އަދި މި ހާދިސާ ތަހުގީގު ކުރަން ސީނިއާ އިންވެސްޓިގޭޓަރަކު ހަމަޖައްސާފައިވާ ކަމަށާއި އަދި މިކަން ކުރި ބަޔަކު ހޯދަން މިލަދޫގައި ތިބި ފުލުހުން މިހާރުވެސް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ. ސީޕީ ވަނީ ޑްރަގާއި ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެކަން ކުށްވެރިކުރައްވާފަ އެވެ. އެގޮތުން އިމްރާން ވަނީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު